ރައިޒީނާ ޑައިލޮގްގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ތަގްރީރު ކުރައްވާނެ

ޖެނުއަރީ 14 – 16 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ ރައިޒީނާ ޑައިލޮގްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ތަޤްރީރު ކުރައްވާނެއެވެ.
ރައިޒީނާ ޑައިލޮގަކީ އަހަރަކު އެއް ފަހަރު އިންޑިއާގެ އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް ގުޅިގެން ބާއްވާ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ. މިނިސްޓަރ ޝާހިދު މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރާއި އޮބްޒާވަރ ރިސަރޗް ފައުންޑޭޝަންގެ ރައީސް ސަމީރް ސަރަންގެ ދައުވަތަކަށެވެ.
މި ބައްދަލުވުމުގެ ތެރެއިން މިމަހުގެ 15 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ތަޤްރީރުކުރައްވާނެއެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގެންނެވި އެހެން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، އިންޑިއާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެއެވެ.
ރައިސިނާ ޑައިލޮލުގައި އެމްއާރުއެމްގެ އެގްޒެކްޓިވް ކައުންސިލް މެންބަރު ފާރިޝްމައުމޫން ބައިވެރިވެ ވަޑައިގަންނަވަން ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ