"ހުރިހާ ދިވެހި ރައްޔިތުން އަތުން އިންކަމް ޓެކްސް ނަގަންޖެހޭ"

ވަކިބަޔަކު އިސްތިސްނާ ކޮށްގެން އިންކަމް ޓެކްސް ނެގުމަކީ އިންސާފެއް ނޫންކަމަށާއި، ހުރިހާ ދިވެހި ރައްޔިތުންގެ އަތުން އިންކަމް ޓެކްސް ނަގަންޖެހޭނެކަމަށް ދޭހަމާ މޭރުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވައިފިއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް އައު މެންބަރުންތަކެއް ސޮއިކުރުމަށް ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައިވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ ގައުމުގެ ކޮންމެ ފަރުދަކުވެސް އިންކަމް ޓެކްސް ނެގޭކަމުގައި ވާނަމަ އެމީހަކަށް ލިބޭ އެއްޗަކުން އިންކަމް ޓެކްސް ދައްކަން ޖެހޭނެ. ވަކި ބަޔަކު އެއިން އެކްސްކުލޫސިވް ކޮށްގެން ނުވަތަ ވަކި ބަޔަކު އޭގެން އެކްސްކްލޫޑް ކޮށްގެން ނުހިމަނާ ދާގޮތަށް ދިއުމަކީ އެއީ އިންސާފެއް ނޫން. އެއީ ގައުމުގެ ފަރުދެއްގެ ހައިސިއްޔަތުން އޭނާ އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި އޭނާއަކީ އެންމެންވެސް ވާނީ އެއްވަރު. ލިބޭ މިންވަރު ކުޑަނަމަ ދައްކާ އެއްޗެއްވެސް ކުޑަވާނެ. އެހެން ނަމަވެސް އޭނަގެ ބައިވެރިވުން އޮންނަން ވާނެ. އެއީ ގައުމިއްޔަތަށްޓަކައި، ގައުމު ކުރިއަށް ގެންދިއުމަށްޓަކައި." ގާސިމް ވިދާޅުވިއެވެ.
ގާސިމް މިރޭ ވިދާޅުވެފައިވަނީ އިންކަމް ޓެކްސް އަކީ ދެވޭ ޒަހަރަކަށް ވެގެން ނުވާނެކަމަށެވެ. އަދި ވަކިން ހާއްސަކޮށް ވަކި ބަޔަކަށް އަމާޒުކޮށްގެން އިންކަމްޓެކްސް ނެގުކީ ވެސް އިންސާފެއް ނޫންކަމަށް މިރޭ ވިދާޅުވިއެވެ.
"ނަމަވެސް އެކަން ކުރެވޭ ގޮތަކުން އެ ވެދާނެ ވަރަށް ބޮޑު ޒަޚަރަށްވެސް. އެހެންވީމަ ވަރަށް ވިސްނުންތެރިކަމާއެކު، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަން ކުރައްވަންވާނީ،"
ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ބުނެފައިވަނީ އިންކަމްޓެކްސް ނަގަން ވިސްވަނީ 40،000 ރުފިޔާގެ އަށްވުރެ ބޮޑު އާމްދާނީއެއް ކޮންމެ މަހަކު ލިބޭ ފަރާތްތަކުގެ އަތުންކަމަށެވެ.
އެގޮތުން މިހާރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިވަރުގެ އާމްދަނީ ލިބޭ މީހުންގެ އަދަދު 10،000 އަށް ވެސް ނާރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ