ށ. ނޫމަރާގެ ކަރަންޓްގެ ހާލަތު ގޯސްވެ ކަރަންޓްގެ މައްސަލަ ހައްލުނުވެ 2 މަސް ދުވަސް ވެފައިވާ ކަމަށް މި ނޫހަށް މަޢުލޫމާތު ލިބިއްޖެއެވެ.
470 އެއްހާ މީހުން ދިރިއުޅޭ ނޫމަރާގެ ކަރަންޓްގެ މައްސަލަ ދިމާވެ އާންމުން ގެންގުޅޭ ކަރަންޓް ސާމާނަށް ގެއްލުންވާތާ މިހާރު 2 މަސްވެފައިވާ ކަމަށާއި ހަލާކުވެފައިވާ އިންޖީނުތައް މަރާމާތު ކުރެވޭނޭ ގޮތެއް ނެތްކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު މި ނޫހަށް މަޢުލޫމާތު ދެއެވެ. އިތުރަށް އެފަރާތުން މަޢުލޫމާތު ދިން ގޮތުގައި ގިނަ ދުވަސްދުވަހު 24 ގަޑިއިރު ކަރަންޓް ނުހުންނަ ކަމަށާއި ސޯލާ ސިސްޓަމް ގާއިމް ކުރެވިފައިވީނަމަވެސް އެ އިންސްޓޯލްކޮށް ނުނިމި ވާތީ އޭގެ ބޭނުމެއްވެސް ނުކުރެވޭކަމަށެވެ.
މިހާރު ދިމާވެފައިވާ މައްސަލައަކީ ބޭނުން ކުރަމުން ގެންދިޔަ 80 އަދި 100 ކިލޯވޮޓްގެ 2 އިންޖީނު ތެރެއިން 80 ކިލޯވޮޓްގެ އިންޖީނުގެ ޑައިނަމޯ ސަވިސްކުރުމަށް މަސައްކަތް ކުރިއިރު ސަވިސްކޮށްގެން ބޭނުން ކުރެވޭ ވަރަށްވުރެ ބޮޑަށް ހަލާކުވެފައިވާތީ އެއް އިންޖީނުން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭން ޖެހުމުގެ ސަބަބުން އެ އިންޖީނަށް ރެސްޓްދޭން ޖެހޭ ވަގުތު ކަރަންޓްގެ ޚިދުމަތް މެދު ކެނޑުން ކަމަށާއި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުން ގެންދާކަމަށް ނޫމަރާ އިންޖީނުގޭގެ ޑެޕިއުޓީ މެނޭޖަރ އަހުމަދު ވިޝާން މި ނޫހަށް މަޢުލޫމާތު ދެއްވިއެވެ. އަދި މިހާރުވެސް ދަނީ މަރޮށީ އިންޖީނުގެއިން ޑައިނަމޯއެއް ގެނެސްގެން ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި އޭގެ އިތުރުން ސޯލާ ސިސްޓަމް އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް ކުރިޔަށް އޮތްތާ ކުރެވިގެންދާނެކަމަށްވެސް ވިޝާން ވިދާޅުވިއެވެ. އުއްމީދު ކުރަނީ ދެ ދުވަހެއް ތެރޭގައި ވަގުތީ ހައްލެއް ލިބިގެންދާނެކަމަށާއި ދާއިމީ ހައްލެއް ލިބިގެންދާނީ ދެ އިންޖީނުވެސް ސަވިސް ކުރެވި، ކަރަންޓް ވިއުގަ ތަރައްގީ ކުރުމާއެކު އައު އިންޖީނެއް ލިބިގެން ކަމަށްވެސް އެ ބޭފުޅާ ވިދާޚުވިއެވެ. އަދި އެކަމަށް ދުވަސް ނަގާނެކަމަށާއި އަންނަ އަހަރުގެ މެދެއްހާ ތަނަށް ދާއިމީ ހައްލެއް ލިބޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.
470 އެއްހާ މީހުން ދިރިއުޅޭ ނޫމަރާގެ ކަރަންޓްގެ މައްސަލަ ދިމާވެ އާންމުންދަނީ އެކަމުގެ ޝަކުވާ މީސްމީޑިއާގައިވެސް ކުރަމުންނެވެ.
ނޫމަރާގެ ކަރަންޓްގެ މައްސަލަ ހައްލުނުވެ 2 މަސް، ރައްޔިތުން މުޒާހަރާ ކުރާވަރުގަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ