އިއްޔެ ހަވީރު ލ. ގަމުގެ ލިންކުރޯޑުގައި ދެ ސައިކަލް ޖެހިގެން ހިިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާ ވި ދެ މީހުންގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް މިއަދު މާލެ ގެންނާނެ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
އިތުރު ފަރުވާއަށް މާލެ ގެންނަނީ ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އައި ބަލިމީހާއެވެ.
ވަގުތަށް މައުލޫމާތު ދެއްވަމުން ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަބްދުލް ހަންނާން ވިދާޅުވީ އެ އެކްސިޑެންޓުގައި އަނިޔާވި ދެމީހުންގެ ބޮލަށް ވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.އެހެންކަމުން އެ ދެމީހުންވެސް މާލެ އަށް ގެންދިއުމަށް އެ ހޮސްޕިޓަލުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މިއެކްސިޑެންޓް ހިނގީ އިއްޔެ ހަވީރު ހަތަރެއް ޖަހައި އެހައިކަންހާއިރު، މިހާރު ހަދަމުންދާ ލިންކް ރޯޑްގައި ދެކޮޅަށް ދުއްވާފައި ދިޔަ ދެސައިކަލް ޖެހިގެންނެވެ. ރޭގެ ވަގުތެއްގައި ވެސް އެ ލިންކު ރޯޑުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެފައިވެއެވެ. ނަމަވެސް އެމީހާގެ ހާލު ރަނގަޅުކަމަށް ގަން ހޮސްޕިޓަލުން ބުނެއެވެ.
ލ.ގަމުގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކު އިތުރު ފަރުވާއަށް މާލެ ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ