ނޯތު ސެންޓްރަލް ޒޯނުގައި މަސައްކަތް ކުރާ އަށް ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފި

ނ، ރ، ބ އަދި ޅ. އަތޮޅުގައި މަސައްކަތްކުރާ އަށް ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފި އެވެ.
ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގައި ރޭ ބޭއްވި ހަފުލާއެއްގައި މަގާމުގެ ކުރިއެރުން ދިން ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހެޑް އޮފް ނޯތު ސެންޓްރަލް ރީޖަން، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.
މަގާމުގެ ކުރިއެރުން ރޭ ދިން ފުލުހުންގެ ތެރޭގައި ހިމެނެނީ ޕޮލިސް ކޯޕްރަލްގެ މަގާމުން ޕޮލިސް ސާޖެންޓްގެ މަގާމަށް ބަދަލުވި އެއް ފުލުހަކާއި ޕޮލިސް ކޮންސްޓަބަލްގެ މަގާމުން ޕޮލިސް ލާންސް ކޯޕްރަލްގެ މަގާމަށް ބަދަލުވި ހަތް ފުލުހެކެވެ.
ނޯތު ސެންޓްރަލް ޒޯނުގައި މަސައްކަތްކުރާ ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށް ދެއްވައިފައި ވަނީ ބ. އަތޮޅު ކައުންސެލަރު ޔޫސުފް މޫސާ އެވެ.
ނޯތު ސެންޓްރަލް ޒޯނުގައި މަސައްކަތް ކުރާ ތިން ފުލުހަކަށް މި އަހަރުގެ ކުރީކޮޅު ވެސް މަގާމުގެ ކުރިއެރުން ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ