އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި 33 ޓީމް ބައިވެރިވެއްޖެ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ 13 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި 14 ސްކޫލަކުން 33 ޓީމު ބައިވެރިވެއްޖެ އެވެ.
މިއަދު މެންދުރު ފަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެގޮތުން މުބާރާތުގައި ބައިވެރިވި ތިން އުމުރު ފުރައަކީ 14 އަހަރުން ދަށާއި 16 އަހަރުންދަށް އަދި 19 އަހަރުން ދަށުގެ ކުދިންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ބ. އަތޮޅު އެޑިޔުކޭޝަން ސެންޓަރު، ސީއެޗްއެސްސީ، ގަލޮޅު މަދަރުސާ، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ހިރިޔާ ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ކެޔޮދޫ ސްކޫލް، ލާލޭ އިންޓަނޭޝަނަލް ސްކޫލް، މީ އަތޮޅު އެޑިޔުކޭޝަން ސެންޓަރު އަދި މޭނާ ސްކޫލެވެ.
މިމުބާރާތުގެ ތިން އުމުރު ފުރާގެ ކުޅުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންހެން ފިރިހެން ވަކިންނެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ އިމާދުއްދީން ސްކޫލް، ބިލަބޮންގް އިންޓަރނޭޝަނަލް ހައި ސްކޫލް އަދި އިސްކަންދަރު ސްކޫލް އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ މ. އަތޮޅު ތައުލީމީ މަރުކަޒާއި، ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް އަދި މޭނާ ސްކޫލް އެވެ. އަދި މިބައިގެ އަންހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ އަމީނިއްޔާ ސްކޫލް، އިމާދުއްދީން ސްކޫލް، ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް އަދި ލާލޭ އިންޓަރނޭޝަނަލް ސްކޫލް އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ބިލަބޮންގް އިންޓަރޭޝަނަލް ހައި ސްކޫލް، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި މ. އަތޮޅު ތައުލީމީ މަރުކަޒެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ ބ. އަތޮޅު ތައުލީމީ މަރުކަޒު، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، މޭނާ ސްކޫލް އަދި މ. އަތޮޅު ތައުލީމީ މަރުކަޒެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ލާލޭ އިންޓަރނޭޝަނަލް ސްކޫލް، އިސްކަންދަރު ސްކޫލް އަދި ކެޔޮދޫ ސްކޫލެވެ. އަދި މިބައިގެ އަންހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ އިމާދުއްދީން ސްކޫލް އަދި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްއެވެ. ގްރޫޕް ދޭއްގައި ހިމެނެނީ އަމީނިއްޔާ ސްކޫލް، ކެޔޮދޫ ސްކޫލް އަދި ހިރިޔާ ސްކޫލް އެވެ.
19 އަހަރުން ދަށުގެ ފިރިހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ ގަލޮޅު މަދަރުސާ އަދި މ. އަތޮޅު ތައުލީމީ މަރުކަޒެވެ. ގްރޫޕް ދޭއްގައި ހިމެނެނީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ސެންޓަރ ފޯރ ހަޔަރ ސެކެންޑަރީ އެޑިއުކޭޝަން އަދި މޭނާ ސްކޫލެވެ. އަދި މިބައިގެ އަންހެން ބައިގައި ބައިވެރިވެފައިވަނީ ތިން ޓީމެކެވެ. އެއީ ސެންޓަރ ފޯރ ހަޔަރ ސެކެންޑަރީ އެޑިއުކޭޝަނާއި، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި މ. އަތޮޅު ތައުލީމީ މަރުކަޒެވެ.
މުބާރާތުގައި ފުރަތަމަ ހަތަރު ދުވަހު ކުރިޔަށްދާނީ ޓީމު އިވެންޓްގެ މެޗުތަކެވެ. ޓީމު އިވެންޓްގެ ފައިނަލް މެޗު ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު އޯޕަން އިވެންޓްތައް ފަށާނީ ހުކުރު ދުވަހު ކަމަށް ވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލުމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ