އެމްޑީޕީ ދޫކޮށް ޖުމްހޫރީ ޕާޓީއަށް ބަދަލުވުމަށް އެދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަރަށް ގިނަ ހުށަހެޅުންތައް ހުށަހެޅުއްވި ކަމަށް ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
އެމްވީޔޫތަށް މައުލޫމާތުދެއްވަމުން މުސްތަފާ ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ފުރުއްވަމުން ގެންދެވި އަހަރުތަކުގައި އާއި ޕީޕީއެމަށް ބަދަލުވުމުގެ ކުރިން ގާސިމް އިބްރާޙިމް ވަރަށް ގިނަ ހުށަހެޅުންތައް ހުށަހެޅުއްވި ކަމަށެވެ.
އެހެންނަމަވެސް ދައުލަތާއި، އަދި ސަރުކާރާއި ގުޅިގެން ނޫނިއްޔާ ރައްޔިތުންނަށް ކުރިއެރުން ނުލިބޭނެތީ ޕީޕީއެމާއި ގުޅުނީ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"އަޅުގަނޑު ގާސިމްގެ ޕާޓީ، ޖޭޕީއަށް ދިޔައިނަމަ އަޅުގަނޑުގެ ޖީބަށް ލާރި ކޮޅެއް ލާދޭނެ، އެކަމަކު އަޅުގަނޑުމެންގެ ރައްޔިތުން ތިބޭނީ ބަނޑަށް، އެހެންވީމަ އަޅުގަނޑު ބޭނުންވީ ދައުލަތާއި ސަރުކާރާއި ގުޅެން، އެހެންވެގެން ސަރުކާރާއި ގުޅެން އަޅުގަނޑު ބަދަލު ގެނައީ." މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ އޭނާގެ އިހްލާސްތެރިކަމާއި މެދު ޝައްކު ކުރެވޭނެ އެއްވެސް ފަރާތެއް ނޫޅޭނެ ކަމަށާއި ޕީޕީއެމްގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި އެމްޑީޕީ ދޫކޮށްލީ އެޕާޓީގައި އުޅެވެން ނެތިގެން ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
"އަޅުގަނޑު މަޖިލީހުން ބޭރުވެގެން އަނެއްކާ ބައި އިލެކްޝަނަށް ބޭއްވީމަ އެ އިލެކްޝަނުން ފެއިލްވެގެން، އަނެއްކާ އިލެކްޝަނެއް ބޭއްވީމަ އޭގެން ކާމިޔާބުކޮށްގެން އަޅުގަނޑު މިހުރީ 18 ވަނަ މަޖިލީހަށް އައިސްފައި މިހުރީ، އެހެންވީމަ އަޅުގަނޑުގެ އިހްލާސްތެރިކަމާއި މެދު ޝައްކު ކުރެވޭނެ އެއްވެސް ފަރާތެއް ނޫޅޭނެ،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ތިމަރަފުއްޓަކީ 60 ޕަސަންޓު އެމްޑީޕީ ރަށެއް ނޫން ކަމަށާއި ތިމަރަފުށީގައި އޮންނާނީ އޭނާގެ މެޖޯރިޓީ ކަމަށެވެ. އަދި މިހާރު ތިމަރަފުށީގައި އެމްޑީޕީއަށް 20 ޕަސަންޓު ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމަށް ބަދަލުވީ ދާއިރާގެ ރައްޔިތުންނާއި ވަރަށް ބޮޑަށް މަޝްވަރާކޮށް އެ ރައްޔިތުންގެ ރުހުން ވެސް ލިބިގެންނެވެ. އަދި ދާއިރާގެ ރައްޔިތުންގެ ރުހުމާއި ނުލާ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާޓީ ބަދަލުކުރުމަށް އެދި ގާސިމް ވަރަށް ގިނަ ހުށަހެޅުންތައް ހުށަހެޅި - މުސްތަފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ