ރައީސް މައުމޫން އޭސީސީއަށް ހާޒިރުވެ ވަޑައިގަންނަވަން އަމުރެއް ފޮނުއްވާފައެއް ނުވާނެ - ހަސަން ލުތުފީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްގޫމް އޭސީސީއަށް ހާޒިރުވެ ވަޑައިގަންނަވަން އަމުރެއް ފޮނުއްވާފައި ނުވާކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްގޫމް އޭސީސީއަށް ހާޒިރުވެ ވަޑައިގަންނަވަން އަމުރެއް ފޮނުވާފައި ނުވާނެ ކަމަށައި ތަހުގީގު ކުރާ މައްސަލައަކަށް ބޭނުންވާ ބައެއްކަންކަން ސާފުކޮށްލުމަށް މައުމޫނު އަރިހަށް ހާޒިރުވާނީ އޭސީސީކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައޫނު އޭސީސީއަށް ހާޒިރުވެ ވަޑައިގަތުމަށް އެދި އެ ކޮމިޝަނުން އަމުރެއް ފޮނުވާފައިވާ ކަމަށް ބައެއް މީޑިޔާތަކުން ފަތުރާފައިވާ ވާހަކަތައް ދޮގުކުރައްވާ ލުތުފީ މިއަދު ވިދާޅުވީ ތަހުގީގު ކުރާ މައްސަލައަކަށް ބޭނުންވާ ބައެއް ކަންކަން ސާފުކޮށްލުމަށް މައުމޫނު އަރިހަށް ހާޒިރުވާނީ އޭސީސީކަމަށެވެ.
އެގޮތުން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި އިރު ތީމުގޭގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅިގެން ކުރާ ތަހުގީގަކަށް ބައެއް ކަންކަން ސާފު ކުރަން ބޭނުންވާތީ ރައީސް މައުމޫނު އަރިހަށް އޭސީސީއިން ދިއުމަށް ބޭނުންވާތީ ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
"މިކޮޅުން (އޭސީސީއިން) އެމަނިކުފާނު ހުންނެވިތަނަކަށް ދާ ގޮތަށް ސިޓީއެއް ފޮނުވީ، އެއީ ބައެއް ސުވާލުތައް އަހާލައި ކަންކަން ސާފު ކުރުމަށް،" ކޮމިޝަންގެ ރައީސް ލުތުފީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ