2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާކޮށްފިއެވެ.
މިމަޝްވަރާ ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ އިއްޔެ މެންދުރު 12:30 ހާއިރު ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ, މ. ކުނޫޒުގައެވެ. އެއް ގަޑިއިރަށް ކުރިޔަށް ދިޔަ މިބައްދަލުވުމުގައި އުމަރު ނަސީރު ވަނީ ރިޔާސީ އިންތީޚާބާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޟާއި އެކު މަޝްވަރާކޮށްފައެވެ.
އުމަރު ނަސީރު ވިދާޅުވި ގޮތުގައި މިބައްދަލުވުމަކީ ރިޔާސީ އިންތިޚާބަށް އިންތިގާލީ ކެންޑިޑޭޓަކު ހޮވުމާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާ ބައްދަލުވުމެއް ނޫނެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އުމަރު ވާދަކުރާތީ އެކަމާއި ގުޅޭ ގޮތުން އެޕާޓީއާ އެކު މަޝްވަރާކޮށްފައި ވާނޭ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ބައިވެރިވުމާ ނުލާ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނޭ ކަމަށް އުމަރު ވަނީ ބުނެފައެވެ.
އުމަރު ޖޭޕީއާ އެކު މިފަދަ މަޝްވަރާ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައިވާ އިރު, ގުޅިފައިވާ ޕާޓީތަކުން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިންތިގާލީ ކެންޑިޑޭޓަކު ނެރުމަށް މަޝްވަރާކުުރަމުންދާ ކަމަށް ބުނެފައެވެ. އަދި މިބޭފުޅަކީ ސިޔަސީ ދާއިރާގައި މާ ޙަރަކާތްތެރި ބޭފުޅަކަށް ނުވެދާނޭ ކަމަށް އިދިކޮޅު ޕާޓީގެ ތަރުޖަމާނު, އަޙްމަދު މަޙްލޫފު ވަނީ ވިދާޅުވެފައެވެ.
އިންތިގާލީ ކެންޑިޑޭޓެއްގެ ވާހަކަ ދެކެވެން ފެށުމާއި އެކު އެކި ފަރާތްތަކުން ދަނީ އެކި ނަން ނަން ހުށަހަޅަމުންމެވެ. އެގޮތުން އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް, ފުއާދު ތައުފީޤްގެ މަން ވެސް ވަނީ ހުށަހެޅިފައެވެ. ނަމަވެސް ގުޅިފައިވާ ޕާޓީތަކާ އެކު އެފަދަ އެއްވެސް މަޝްވަރާއެއް އަދި މިހާ ތަނަށް ކޮށްފައި ނުވާނޭ ކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންޚާބާ ގުޅޭ ގޮތުން އުމަރު ނަސީރު ޖޭޕީއާ އެކު މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ