ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ދެރަވެ، ބޭސް ފަރުވާއަށް މިރޭ ސިންގަޕޫރަށް ފުރުވާލުމަށް އެއާޕޯޓަށް ގެންދިޔަ ފަހުން ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ބޭރަށް ފުރައިވަޑައިގެންނެވުމުގެ ކުރިން ޕާސްޕޯޓް ހިފަހައްޓާފައިވޭތޯ ބަލައި ޕާސްޕޯޓް ހިފަހައްޓާފައި ނުވާކަން ޔަގީންކޮށް އަދި ކްރިމިނަލް ކޯޓަށްވެސް އެނގެވުމަށްފަހު އެއާޕޯޓަށް ގެންދިޔަ ފަހުންނެވެ.
ސިއްހީ ފަރުވާއަށް ސިންގަޕޫރަށް ވަޑައި ނުގެންނެވުމުން ވެލާނާ އެއާޕޯޓްގެ ޕޯޓް ހެލްތުގައި ފަރުވާ ދެއްވުމަށްފަހު ގާސިމް މިހާރުވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރައްވާފައެވެ. އެއާޕޯޓަށް ގެންދެވުމުގެ ކުރިން ގާސިމް އޮންނެވީ މެޑިކާ ހޮސްޕިޓަލުގައެވެ.
ގާސިމް މެޑިކާގައި އެޑްމިޓު ކުރީ 12:45 އެހާއިރު ނޭވާ ކުރުވެ މެއަށް ތަދުވާތީއެވެ.
މެޑިކާގައި އެދްމިޓުކޮށްފައިވަނީ މެންދުރު ދޭއް ޖަހާއިރު ތާވަލުކޮށްފައި އޮތް އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ވަޑައިގެންނެވުމުގެ ކުރިން އޮފީހަށް ވަޑައިގަންނަވަނިކޮށް ކަމަށް ވެސް އެނގިފައިވެއެވެ.
ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާ އިރު މިއަދު ބާއްވަން ތާވަލުކޮށްފައިވަނީ އޭގެތެރެއިން އެއް ދައުވާއެވެ. އެއީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއެވެ.
ދައުލަތުން ގާސިމްގެ މައްޗަށް ދެން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. އެ ދައުވާތައް އުފުލާފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާއި ގުޅިގެން މ.ކުނޫޒުގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.
އެ ދައުވާތައް ކްރިމިނަލް ކޯޓުންވަނީ މީގެ ކުރިން ޕީޖީ އޮފީހުން ކޯޓަށް ހާޒިރު ނުވެގެން ބޭރު ވެސް ކޮށްފައެވެ.
ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓައިފި، ބޭރަށް ވަޑައި ނުގެންނެވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ