ގާނޫނާ ހިލާފު ކަމެއް ފާރިސް ނުކުރައްވާ: މައުމޫނު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު، ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށާއި ނުވެސް ކުރައްވާނެ ކަމަށް، ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
މައުމޫން ވިދާޅުވީ ޤާނޫނާއި ގަވައިދާ ޚިލާފު އެއްވެސް ކަމެއް ފާރިސް ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ރިޝްވަތު ދިނުމުގެ އެއްވެސް އަމަލެއް ފާރިސް ނުހިންގަވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެކަމާ ބެހޭ އެއްވެސް ހެއްކެއް، ގަރީނާއެއް، ދަލީލެއް ނޯންނާނެ. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަން އެއްވެސް ހެއްކެއް، ގަރީނާއެއް، ދަލީލެއް ނޯންނާނެކަމަށް. އެހެން ދެންނެވިޔަސް ދަލީލަކީ އެ މީހަކު ބޭނުންވެއްޖިއްޔާ އުފެއްދިދާނެ ދެއްތޯ. ފިސްތޯލައެއް ވެސް ފެނިދާނެ. އަދި އެހެން އެއްޗެއް ވެސް ފެނިދާނެ،" މައުމޫން ވިދާޅުވި އެވެ.
ރާއްޖެ ޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ފާރިސް ހުންނަވާނީ ރައްޔިތުންގެ ފަޅީގައި ކަމަށެވެ. އަދި ފާރިސްގެ މައްޗަައް މިފަދަ ތުހުމަތުތައްކޮށް އުނދަގޫތައް ކުރިމަތި ކުރުވި ނަމަވެސް އޭނާގެ އަޒުމަށް ނުގުޑާނެ ކަމަށާއި ފާރިސް މިހާރު ކުރާއްވާ މަސައްކަތަކީ އިސްލާހީ މަސައްކަތްތަކެއް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ދަނީ މައުމޫނުގެ ދަރިކަލުން ފާރިސް ދިރިއުޅޭ އެޕާޓްމެންޓް ބަލައި ފާސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ