މައުމޫން ބައިވެރިވެވަޑައިގަންނަވާ ޕީޕީއެމްގެ "ބޮޑު ޖަލްސާ"އެއް މިރޭ ބޭއްވުމަށް ނިންމައިފި

ޕީޕީއެމް ޕްރައިމަރީއަށް ފަހު އެ ޕާޓީ ބާއްވާ ފުރަތަމަ "ބޮޑު ޖަލްސާ" މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މިއަދު މޫކައި ސުއިޓެސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުންޔާ މައުމޫނު ވިދާޅުވީ ޕީޕީއެމް އިން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަކީ "އެންމެ ފުރަތަމަ ގައުމު"ގެ ނަމުގައި ބާއްވާ ޖަލްސާއެއް ކަމަށެވެ. ދުންޔާ ވިދާޅުވީ ވިހާވެސް ގިނަ މެންބަރުން ބައިވެރިވަޑައިގަންނެވުމަށް ރައީސް މައުމޫނު އެދިވަޑައިގަންނަވާނަވާ މި ޖަލްސާއަކީ ޕީޕީއެމްގެ އެއްބައިވަން ކަމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.
"ޕީޕީއެމް ރައީސްގެ ދައުވަތެއް އެބަ އޮތް މިރޭ ހުރިހާ ބޭފުޅުން ވަޑައިގަތުން. އެންމެ ފުރަމަ ގައުމު މި ނަމުގައި މިރެލީ ކުރިއަށް ދާނީ. މިއީ ޕީޕީއެމްގެ އެއްބައިވަންތަ ކަމަށް ބާއްވާ ރެލީ އެއް،" ދުންޔާ ވިދާޅުވި އެވެ.
ޕީޕީއެމް ތަރުޖަމާނު އަހްމަދު މަހްލޫފް ވިދާޅުވީ މި ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިން ބައިވެރިވަޑައިގަންނާވަނެ ކަމަށާއި މި ޖަލްސާގައި ރައީސް މައުމޫނު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
"މިރޭ ޖަލްސާގައި ޕާޓީގެ ރައީސް އާއި ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި ޕާޓީގެ އިސް ބޭފުޅުން ވާހަކަ ދައްކަވާނެ. ހަމަގައިމު ވެސް މިރޭގެ ޖަލްސާގައި ޕާޓީގެ ރައީސް ޕާޓީގެ މެންބަރުނަށާއި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ވަރަށް ހާއްސަ މެސެޖްތަކެއް ދެއްވާނެ. އެހެންވީމާ ޕާޓީގެ ވަރަށް ބޮޑު އެދުމަށް މި ޖަލްސާގައި ބައިވެރިވުމަކީ،" މަހްލޫފް ވިދާޅުވި އެވެ.
މިރޭ ޖަލްސާއަށް އެއްވެސް ފަރާތަކަށް ވަކިން ދައުވަތުނުދޭ ކަމަށާއި ޖަލްސާގައި ބައިވެރިވުމަށް ހުރިހާ ފަރާތްކަށް ވެސް ވަނީ ހުޅުވާލާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ