ބުޑިސްޓުންނާއި މިޔަންމާ ސިފައިންގެ އަނިޔާގެ ޝިކާރައަކަށް ވެ އަނިޔާ ލިބެމުންދާ މިޔަންމާ ރޮހިންޔާ މުސްލިބުނަނަށް އެހީވުމަށް ބ ފުޅަދޫ ރައްޔިތުން ފާނައަށް ގޮސް 73000 އަށްވުރެ ގިނަ ރުފިޔާ ރޮހިންޔާ ފަންޑަށް ހަދިޔާ ކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ފުޅަދޫ ރައްޔިތުން ފާނައަށް ދިޔައީ ރައްޔިތުން ހަތަރު ބަޔަކަށް ބަހާލުމަށް ފަހު ހަތަރު ދޯންޏެއް ގައެވެ.
މި ހަރަކާތުން އެކަނިވެސް ފުޅަދޫ ރައްޔިތުން ރޮހިންޔާ ފަންޑަށް 73170 ރުފިޔާ ހޯދާފައިވާއިރު ފަންޑު ފޮށި ބަހައްޓާ އަދި ސްކޫލް ޕީޓީއޭގެ ހަރަކާތްތަކުން 12000 އަށްވުރެ ގިނަ ރުފިޔާވަނީ ޖަމާކޮށްފައެވެ.
ރޮހިންޔާގެ މުސްލިމް އަހުންނާއި އުހްތުންނަށް އެހީވުމަށް ރާއްޖޭގެ ކަންކޮޅުތަކުގައިދަނީ ތަފާތު ހަރަކާތްތައް ހިންގަމުން ނެވެ.
ރޮހިންޔާ އަށް އެހީވުމަށް ފުޅަދޫ ރައްޔިތުން ދިޔައީ ފާނަޔަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ