މެމްބަރު ޚަލީލުގެ ފައުންޑޭޝަނަށް ކުވޭތު ފައުންޑޭޝަނުން ދެ ލައްކަ ޑޮލަރު ދީފި

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލުގެ އޭކޭ ފައުންޑޭޝަނަށް ކުވޭތު ފައުންޑޭޝަނުން ދެ ލައްކަ ޑޮލަރު ދޭން ނިންމައިފި އެވެ.
ލަންކާގައި ހުންނަ ކުވެއިތު އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ އެ ފައިސާ އޭކޭ ފައުންޑޭޝަނުން ހޭދަކުރާނީ ނިލަންދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ދެ ބުރީގެ ސްކޫލު ދެބުރީގެ އިމާރާތުގައި ހަތަރު ކްލާސް ރޫމާއި ކޮމްޕިއުޓާ ލެބޯޓަރީ އާއި ލައިބްރަރީ އަދި ޓްރެއިނިން ރޫމެއް ހެދުމެއް ކަމަށެވެ.
ކުވެއިތުން ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށް އެހީތެރިކަން ދެމުން އަންނައިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަޅަން ކުވައިތު ފަންޑުން ވަނީ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ލޯނެއް ވެސް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ