ސާބިތުކަމާއި އެކު ދެމި ހުންނާނަން: މެމްބަރު އަބްދުﷲ އަހުމަދު

ރައްޔިތުން އެދޭ ގޮތުގައި ސާބިތުކަމާއި އެކު ދެމު ހުންނަވާނެކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ މިހެން ވިދާޅުވީ އިއްޔެއާއި ހަމައަށް ހުރި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެޕާޓީއަކުން ވަކިކޮށްފިނަމަ މަޖިލިސް މެމްބަރުކަން ގެއްލޭނެކަމަށް ބުނެ އިއްޔެ ސްޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވި އަބްދުﷲ އަހުމަދު ވިދާޅުވީ ރައްޔިތުން ހާސް ނުވުމަށް އެދިލައްވާ ކަމަށާއި ސާބިތުކަމާއި އެކު ދެމި ހުންނަވާނީ ރައްޔިތުން އެދޭ ގޮތުގައި ކަމުގައެވެ.
އަބްދުﷲ ގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަދުމަދުވެސް ސްޕްރީމް ކޯޓުގެ ހުކުމަށް ފަހުވެސް ވިދާޅުފެވައިވަނީ ގޮނޑި ގެއްލުނަސް ޕީޕީއެމްއަށް އަލުން ވަޑައި ނުގަންނަވާނެ ކަމަށާއި ދެމި ހުންނަވާނީ އިސްލާހީ މަސައްކަތުގައި ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ