ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ސުލްހަވެރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ދޫކޮށްލައިފި އެވެ.
މަޖީދީމަގުގައި ކުރިއަށް ގެންދާން އުޅުނު ހިނގާލުމަށް ފުލުހުން ހުރަސްއެޅުމަށްފަހު އާޒިމާއި، އަލީ ޒާހިރު ހައްޔަރު ކޮށްފައިވާއިރު އޭގެ އިރުކޮޅެއް ފަހުން އެ ދެ މީހުން ވަނީ ދޫކޮށްލާފަ އެވެ. ދެ މީހުން ދޫކޮށްލާފައިވަނީ ފުލުހުންގެ އިދާރާއަށް ގެންގޮސް ބަޔާނެއް ނެގުމަށްފަހުގައެވެ.
އާޒިމް ހައްޔަރު ކުރުމުގެ ކުރިން އޭނާ ވަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނައިރު ރައްޔިތުން މަޑުން ނުތިބުމަށް ގޮވާލާފަ އެވެ. އަދި އަލީ ޒާހިރު އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަން ހުއްޓާ ފުލުހުން އައިސް އަޑު ކަނޑާލުމަށް ފުލުހުން އެނގުމުން އޭނާ ވަނީ އެކަން ކުރަނީ ގާނޫނީ ކޮން ހަމައަކުންތޯ ސުވާލު ކުރައްވާފަ އެވެ.
އާޒިމާއި އަލީ ޒާހިރުގެ އިތުރުން އާންމު ބައެއް މީހުންވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި އާންމުންގެ ގިނަ ބައެއްގެ ލޮލަށް ޕެޕަރސްޕްރޭ ޖަހާފައިވެ އެވެ. އަދި ފުލުހުން ވަނީ ކޯޓު އަމުރެއް ނެތި އެމްޑީޕީގެ ހަރުގެ ތެރެއަށްވަދެފަ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
މެމްބަރު އަލީ އާޒިމާއި، އަލީ ޒަހިރު ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ