އުއްމީދުތައް ހާސިލުވާނެ މަގެއް ރައްޔިތުންނަށް ހޯދައިދޭނަން: އަބްދުﷲ ކަމާލުއްދީން

އުއްމީދުތައް ހާސިލްކުރުމަށް މަސައްކަތްކުރުމަކީ ރައްޔިތުންނަށް އޮތް ހައްގެއް ކަމަށާ އެ އުއްމީދުތައް ހާސިލްވާނެ މަގަށް ކަންކަން ކުރެވޭނެ ފޯމިއުލާއެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އަބުދުﷲ ކަމާލުއްދީން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަމުންދަނީ ބަދަހިކަމާއެކުކަމަށާ އަދި ކުރިއަށް އޮތްތާ އެ ބަދަހިކަމުގައި ދެމިތިބޭނެކަމަށެވެ.
އިސްލާހީ މަސައްކަތުގައި ހަތަރު ލީޑަރުންގެ ފަހަތްޕުޅުގައި ރައްޔިތުން ތިބީ އުންމީދުތަކެއް ހާސިލްކުރުމަށްކަމަށާ އުންމީދުތައް ހާސިލްކުރުމަށް މަސައްކަތްކުރުމަކީ ރައްޔިތުންނަށް އޮތް ހައްގެއްކަމަށެވެ.
އެ ހައްގަށް އެއްވެސް ފަރާތްތަކަށް އަރައިނުގަނެވޭނެކަން ފާހަގަކުރައްވާ އަބުދުﷲ ވިދާޅުވީ އުންމީދުތައް ހާސިލްވާނެމަގަށް ކަންކަން ކުރެވޭނެ ފޯމިއުލާއެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ދައްކައިދޭނެކަމަށެވެ.
ޚިޔާލު ތަފާތުވުމެއް އޮތުމަކީ މައްސަލައެއް ނޫންކަމަށާ ޚިޔާލުތައް އެއްގޮތްކޮށް ކުރިއަށްދިއުމުގެ ބާރު ޕާޓީތަކުގެ ކިބާގައި ހުންނާނެކަމަށްވެސް އަބުދުﷲ ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން އަބުދުﷲ ވަނީ ސަރުކާރުން ގެންނަމުންދާކަމަށް ބުނާ ތަރައްގީއާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ.
އަބުދުﷲ ވިދާޅުވީ ތަރައްގީއަކީ ތާރީޚާއި ގުޅިފައިވާ އެއްޗެއްކަމަށާ ތަރައްގީއަކީ މިއަދު ކޮށްލާކަމަކުން އެކަނި ގެނެވޭނެ އެއްޗެއް ނޫންކަމަށެވެ.
އަދި ތަރައްގީއަކީ ވައްޓަފާޅިއެއް ހުރެގެން ގެނެވޭނެ އެއްޗެއްކަމަށާ ނަމަވެސް މިއަދު ތަރައްގީގެ ނަމުގައި ބައެއް ކަންކަން ކުރަމުންދަނީ ކަމުގެ އެއްވެސް ވައްޓަފާޅިއެއް ނެތިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ