ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހަންމަދު އަމީތުއާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ހައްޔަރު ކޮށްފިއެވެ.
ފުލުހުން އެދެބޭފުޅުން ހައްޔަރު ކޮށްފައިވަނީ، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންޒީފު ކުރުމަށް ގޮވާލައި މިއަދު ހަވީރު މާލޭގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި އިހުތިޖާޖު ހަވީރަށް ނިންމާލިތަނުންނެވެ.
ހަވީރު ހައެއް ޖެހުމާއެކު އިހުތިޖާޖު ނިންމާލުމަށްފަހު އިހުތިޖާޖުގެ ބައިވެރިން ހިނގައިގަތީ، ރޭގެ މުޒާހަރާގައި ފުލުހުން ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ހާލު ދެރަވެ މިވަގުތު އައިޖީއެމްއެޗްގެ އައިސީޔޫގައި ކޯމާއެއްގައިއޮތް މީހާއަށް ޒިޔާރަތް ކުރުމަށް ކަމަށް ވެއެވެ.
ފުލުހުން ބާރުގެ ބޭނުންކޮށް ގިނަ އަދަދަކަށް ޕެޕަރސްޕްރޭ ޖެހުމުން ހާލު ސީރިއަސްވެ ކޯމާއެއްގައި އޮތީ މާފަންނު ގޯނބިލިގަސްދޮށުގޭ، އަބްދުﷲ ސަލީމުއެވެ.
ނަމަވެސް، ހެންވޭރު ދަނޑާ ހިސާބުން ފުލުހުންވަނީ އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސްއަޅާފައެވެ. އަދި އެތަނުން މެމްބަރު މުހަންމަދު އަމީތުއާއި، އަބްދުﷲ އަހްމަދުގެ އިތުރުން، އާންމުންގެ އިތުރު ބަޔަކުވެސް ހައްޔަރު ކުރިކަމަށް މަންޒަރު ދުށް ނޫސްވެރިން ބުނެފައި ވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ސްޓެޕް އައްޔަވެސް ހިމެނެއެވެ.
މެމްބަރު އަމީތުއާއި، އަބްދުﷲ އަހްމަދު ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ