އަލިފުށި ކަނު އަނދިރީގައި، ރައްޔިތުން އިހްތިޖާޖުގައި

އަލިފުށީ ކަރަންޓް ގޮސް ކަނު އަނދިރީގައި ރައްޔިތުން ތިބެން ޖެހިއްޖެ އެވެ.
އަލިފުށީ ކައުންސިލްގެ ނައިބު ރައީސް އަބްދުއްރަހްމާން ޔޫސުފް ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަރަންޓް ގޮސް ކަނު އަނދިރީގައި ތިބެން ޖެހުމުން ރައްޔިތުން އިންޖީނުގޭ ކައިރިއަށް އެއްވެ އިހްތިޖާޖު ކުރަމުންދާ ކަމަަށެވެ.
އޭނާ ވިދާޅުވީ މިއަދުގެ ހެނދުނު 10.30 ހާއިރު ކަރަންޓް ދިއުމަށްފަހު ކަރަންޓް ލިބުނީ ހަވީރު 4.30 ހާއިރު ކަމަށެވެ. އަދި އޭގެ ފަހުން މިރޭ އިޝާ ނާމާދުގެ ވަގުތު ކަރަންޓް ދިޔަ ގޮތަށް އަދިވެސް ކަރަންޓް ނުލިބޭ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ