ވަކި މީހަކު ހޮވަން އިލެކްޝަނުން ބާރުއަޅަނީތޯ ގާސިމް ސުވާލުކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ހަމަތަކާއި އުސޫލަށް ގެންނަމުންދާ ބަދަލުތަކަކީ ވަކިމީހަކު ހޮވުމުގެ ބޭނުމުގައި ކުރާކަމެއްތޯ ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.
އެންމެފަހުން ބޭއްވުނު ރިޔާސީ ދެ އިންތިކާބާއި ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމުގެ އާއްމު ދެ އިންތިޚާބަށް އިޝާރާތް ކުރައްވަމުން ގާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ، އެ ހަތަރު ފަހަރު ވޯޓުފޮށިތައް ބެހެއްޓި އުސޫލުތަކާ ގޮތްތަކަށް ބަދަލުގެނެސް ވޯޓުފޮށިތައް މަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިފަހަރު އެހެން ގޮތަކަށް މިކަން ކުރަން އުޅުމުގެ ބޭނުމަކީ ވަކިމީހަކަށް މަގުފަހިވާގޮތަށް އަމަލުކުރުންތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވައިފައެވެ.
އެންމެފަހުން ބޭއްވުނު ހަތަރު އިންތިޚާބު ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި 2009 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމުގެ އާއްމު އިންތިޚާބާއި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި 2014 ވަނަ އަހަރު ބޭއްވި މަޖިލީސް ހޮވުމުގެ އާއްމު އިންތިޚާބަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ