އީކުއެޓޯރިއަލް ހޮސްޕިޓަލުން ކަރަންޓް ކަނޑާލި މައްސަލައަކީ، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭނެ ކަމެއް: އަދުހަމް

އައްޑުއަތޮޅު ހިތަދޫގައި ހުންނަ އީކުއެޓޯރިއަލް ހޮސްޕިޓަލުން ގަސްދުގައި ބަޔަކު މީހުން ކަރަންޓް ކަނޑާލި ކަމަށް ބުނާ މައްސަލައަކީ، ޖިނާއީ ކުށެއް ކަމަށް އެމްޑީޕީ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ވިދާޅުވެއްޖެއެވެ.
އަދުހަމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ގަސްދުގައި ބަޔަކުމީހުން ހޮސްޕިޓަލުން ކަރަންޓް ކަނޑާލިކަމަށް ބުނާ މައްސަލައަކީ ޖިނާޢީ ކުށެއް ކަމަށެވެ. މި މައްސަލައަކީ، ހޮސްޕިޓަލާއި، މިނިސްޓްރީ އޮފް ހެލްތުން ބަލާ ނިންމާލެވޭނެ މައްސަލައެއް ކަމަށް ޤަބޫލު ނުކުރާކަމަށާއި، މި އީ ޖިނާއީ ކުށެއް ކަމުގައިވާއިރު، މި މައްސަލަ ބަލަންވާނީ، ނުވަތަ ތަހުގީގު ކުރަންވާނީ، މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަމުގައި ގަބޫލުކުރާކަމަށެވެ. އަދި މިއީ އާދައިގެ ކަމެއް ކަމުގައި ނުދެކޭ ކަމަށްވެސް އަދުހަމްގެ ޓްވީޓަރގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ