ސުޕްރީމް ކޯޓްގެ ލަފާ ހޯދުމަށް މަޖިލީހަށް ކުއްލިއަކަށް ޤަރާރެއް ހުށަހަޅައިފި

ޤާނޫނޫ އަސާސީ އިޞްލާހު ކުރުމާމެދު އުފެދިފައިވާ  ޚިޔާލު ތަފާތާ ގުޅިގެން ސުޕްރީމް ކޯޓްގެ އިސްތިޝާރީ ލަފާހޯދުމަށް މަޖިލީހަށް ކުއްލިއަކަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ. 
މިޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރ ޢަބްދުލް ޣަފޫރެވެ. ޤަރާރު ހުށަހެޅުއްވީ މަޖިލީހަށް ސަރުކާރުން ހުށަހެޅި ޤާނޫނުއަސާސީއަށް އިޞްލާހު ގެނައުމުގެ ބިލްގެ ބަހުސް ކުރިއަށް ދަނިކޮށެވެ. ޤަރާރޫ ހުށަހެޅުއްވަމުން އޭނާ ވިދާޅުވީ އެއީ މައްސަލައަށް ޙައްލު ހޯދުމަށް ސަރުކާރުން ހުށަހެޅުއްވި ޤަރާރެއްކަމަށެވެ. ޤަރާރު ހުށަހެޅުއްވީ ޤައުމު ބައިބައި ވުމަކަށް ނުގޮސް ކަންކަން ކުރަން ބޭނުންވާތީކަމަށް މެމްބަރު ޣަފޫރް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުތަކުގައި ވަނީ މައްސަލަ އަށް ހައްލު ހޯދުމަށް ސުޕްރީމް ކޯޓުގެ ލަފާ ހޯދަންޖެހޭ ކަމަށް އިޝާރާތް ކުރައްވައިފައެވެ. ނަމަވެސް އެކަމުގައި ގޮތެއް ނިންމަވާނީ މެމްބަރުން ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ