މާލީ ތަނަވަސްކަން ހުރި ބޭރުގެ މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމުގެ ވިސްނުން ރަނގަޅު ކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކައާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަރުގަދަ އިންޒާރެއް ރޭ ދެއްވައިފިއެވެ.
އުމަރު ނަސީރުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެންމެ ހާއްސަ ތިން ނިއުމަތަކީ އެންމެން އެއް ދީނެއްގައި ތިބުމާއި އެއް ބަހަކުން ވާހަކަ ދެއްކުމާއި އެއް ނަސްލަކަށް ނިސްބަތްވުން ކަމަށެވެ. އެ ތިން ސިފައިގެ ސަބަބުން ދިވެހިންގެ ތެރޭގައި ދީނީ، ނަސްލީ ތަޅާފޮޅުމެއް ނެތި ސުލްހަ ވެރިކަމާއެކު އަމާން ކަންމަތީ ތިބުމުގެ ނަސީބު ދިވެހިންނަށް ލިބިފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
މި ތިން ސިފައިގެ ތެރެއިން އެއްވެސް ސިފައެއް ބުރޫ އަރުވާލަން އުޅުނު ހުރިހާ ވެރިކަމެއް ނެތި ދިޔައީ ހިތި ގޮތަކަށް ކަމަށް އުމަރު ވިދާޅުވިއެވެ.
މި ހާއްސަ ތިން ސިފައިގެ ސަބަބުން ދިވެހިން ގެތެރޭގައި ދީނީ، ނަސްލީ ތަޅާފޮޅުމެއް ނެތި ސުލްހަ މަސްލަހަތު ރައްކާތެރިވެ އަމާން ކަންމަތީ ތިބުމުގެ ނަސީބު ދިވެހިންނަށް ލިބިފައިވޭ. މިތަނުން އެއްވެސް ކަމަކަށް ބުރޫ އަރުވާލަން އުޅުނު ހުރިހާ ވެރިކަމެއް ނެތި ދިޔައީ ހިތި ގޮތަކަށް." ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ނަޝީދުގެ ވެރިކަން ވެއްޓުނީ ވެސް އެކަމުގެ ސަބަބުން ކަމަށެވެ.
"އަދިވެސް އެ މަގުން ހިގައިފި ވެރިކަމެއްގެ ނިމުން ހިތިކޮށް އަންނާނެ." އުމަރު ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކަތަކާ ގުޅިގެން އުމަރު ދެއްވީ އިންޒާރެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ