ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވިޔަސް ނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝިޔާމް މިހެން ވިދާޅުވީ ލަންކާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާގެ ސަބަބުން އެ ގައުމުގެ ރައްޔިތުންގެ ނުރުހުމާއި ނަފުރަތު އަމާޒުވެފައިވާ އެ ގައުމުގެ ރައީސް ގޯޓަބާޔަ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ފިއްލެވުމަށް ދިވެހި ސަރުކާރުން އެހީތެރިވުމުން އެ ގައުމުގެ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވުމުންނެވެ.
މެމްބަރު ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމަކީ ރައީސް މުހައްމަދު ނަޝީދު ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރަން ލިބިފައިވަ މަގާމެއް ނޫން ކަމަށާއި ސްރީލަންކާގެ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރައްވަން ޖެހޭނެ ކަމަށެވެ.
އަދި މަޖިލީހުގެ ރައީސް ބޭނުންވި ނަމަވެސް ކުރެއްވޭނެ ކަންކަމާއި ނުކުރެއްވޭނެ ކަންކަން ހުންނާނެ ކަމަށާއި، ލަންކާގެ ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް ދިވެހި ސަރުކާރުން ދީފައިވާ އެއްބާރުލުމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނަގަންޖެހޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ގޯޓަބާޔަ ރާއްޖެއަށް ވަޑައިގަތުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވި ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުކަމަށް ގިނަ ބަޔަކު އަންނަނީ މީސްމީޑއާގައި ބުނަމުންނެވެ.
ލަންކާގެ އިގްތިސާދީ ހާލަތާ ގުޅިގެން ވެރިރަށް ކޮލަމްބޯގައި ފެށި މުޒާހަރާތަކުގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެ އެތަން ހިސާރުކުރުމާ ގުޅިގެން ރާޖަޕަކްސަ ވަނީ އިސްތިޢުފާ ދެއްވައި، އައު ސަރުކާރެއް އެކުލަވައިލުމަށް ފުރުސަތު ދެއްވާނެ ކަމުގައި މީގެ ކުރިން ވިދާޅުވެފައެވެ.
ލަންކާގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ އެ ގައުމުގެ އިގްތިސާދު އަޑިއަށްގޮސްފައިމިވަނީ ރާޖަޕަކްސަގެ އާއިލީ ވެރިކަމުގެ ނާގާބިލު ކަމުން ކަމުގައި ސްރީލަންކާގެ ގިނަ ރައްޔިތުން ދެކެއެވެ.
ރައީސް ނަޝީދު ބޭނުންފުޅުވިޔަސް ނުކުރެވޭނެ ކަންކަން ހުންނާނެ: މެމްބަރު ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ