ހެންވޭރުގެ ބައެއް ގެތަކުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ހެންވޭރު އަވަށުގެ ވަކި ސަރަހައްދަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުުރުމަށް މިއަދު ހެނދުނު 10:00 އިން ހެނދުނު 11:30 އަށް ކަރަންޓް ކެނޑިދާނެ ކަމަށެވެ.
ކަރަންޓް ކެނޑޭނީ ހެންވޭރުގެ އަބަދަށް އުފާ މަގާއި އަޝްރަފީ މަގު ހިމެނޭ ސަރަހައްދުން ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެވަގުތުގެ ތެރޭގައި އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.
މާލެ ސަރަހައްދުގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކުުރުމަށް ސްޓެލްކޯ އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ވަނީ މާލެ ސަރަހައްދުގެ ކަރަންޓް، އެއް ވިއުގައަކުން ގުޅާލައި ހިދުމަތް ދޭން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ