ތަސްލީމާގެ ބަދިގެ: ސިމްޕަލް ގާލިކް ނާން

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު ދެން މި ގެނެސްދެނީ ސިމްޕަލް ގާލިކް ނާން ތައްޔާރުކުރާނެ ގޮތެވެ. މިއީ ބަޓާ ޗިކަން ފަދަ ޑިސްތަކާއެކު ކާލަން ވަރަށް މީރު ކެއުމެކެވެ.
ބޭނުންވާނެ ތަކެތި:
3 ޖޯޑު ފުއް3 ސ ސަމްސާ ޕްލެއިން ޔޯގަޓް1/2 ސ ސަމްސާ ލޮނު1 ސ ސަމްސާ ލޮނުފެން (ފުއްގަނޑު މޮޑެން)3 ސ ސަމްސާ ލޮނުމެދު ( ހިމުންކޮށް ކޮށާފަ)4 ސ ސަމްސާ ބަޓަރ ނުވަތަ ގީ1 ސ ސަމްސާ ބޭކިން ޕައުޑަރ
ތައްޔާރުކުރާނެ ގޮތް:
ބޭކިން ޕައުޑަރ، ފުއް، ލޮނު، ޔޯގަޓް، ތެޔޮ، އަދި ފެން އެޅުމަށްފަހު ފުއްގަނޑު މޮޑެލާށެވެ. ފުއްގަނޑު މޮޑުމަށްފަހު މަތިޖަހާފަ 30 މިނެޓް ވަންދެން ބަހައްޓާލާށެވެ. ދެން ބަޓަރ އަދި ލޮނުމެދުކޮޅު އެހެން ތައްޓެއްގައި އެއްކޮށްލާށެވެ. ރޮށިފިހަން ފުއްގުޅަ ޖަހާވަރަށްވުރެން ބޮޑުކޮށް ފުއްގުޅަ ހެދުމަށްފަހު އޯވަލް ޝޭޕްއަށް ދަމާލާށެވެ. ތަތްނުލަވާ ތަވާއެއްގައި ފިހެލާށެވެ. ހޫނުކޮށް ހުއްޓާ ގާލިކް ބަޓަރ ރޮށީގެ އެއްފުށުގައި ހާކާލާށެވެ.
ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ