ފާއިތުވެދިޔަ ރޯދަމަހުގެ ފެން ބިލާއި ކަރަންޓު ބިލް އާދަޔާ ޚިލާފަށް ބޮޑުކޮށް ސްޓެލްކޯއިން ގޭބިސީތަކަށް ބިލްކޮށް, އަދި ކަރަންޓު ބިލް ބޮޑު ނޫންކަމަށް އެކި އުޒުތަކާއި ހުއްޖަތްތައް ދައްކަމުން ދަނިކޮށް, ސްޓެލްކޯއިން ކަރަށްޓު ބިލު އޮޅުވާލާއިގެން ބޮޑު ކޮށްފައިވާކަަމަށް ސަރުކާރުގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރޯދަމަހުގެ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދީފައިވަނީ މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ނޫންކަމަށާއި, އެކަން އިސްލާހު ކުރުމަށް މިހާރު މުވައްސަސާތަކަށް އަންގަވާފައިވާ ކަމަށެވެ.
ފާއިތުވި މަޖިލިސް އިންތިޚާބާއި ދިމާކޮށް, ރޯދައަށްކަމަށް ބުނެ ސްޓެލްކޯއިން މާލޭގެ ގޭބިސީތަކުގެ ކަރަންޓު ބިލް ކުޑަކުރުމަށްފަހު, މަޖިލިސް އިންތިޚާބު ނިމުމާއެކު ކަރަންޓުގެ އަގު ބޮޑުކޮށް ގޭބިސީތަކަށް ބިލްކުރަން ވަނީ ފަށާފައެވެ.
އެގޮތުން މިހާރު ސޯޝަލް މީޑިއާގަވެސް ގިނަ ބަޔަކު ހިއްސާކުރަމުންދާ ކަރަންޓު ބިލްތަކަށް ބަލާއިރު ސްޓެލްކޯއިން ދަނީ ގޭބިސީތަކަށް, އާންމު މަސްތަކުގައި ބިލަށް އަރާފަހުރި މިންވަރާއި އަޅާ ކިޔާލުމުން %50 އާއި %100 އާއި ދެމެދުގެ އަދަދަކުން ބޮޑުކޮށް ބިލްކުރަމުންނެވެ.
އެހެންނަމަވެސް ސްޓެލްކޯއިން މިހާތަނަށް ދައްކަމުން ގޮސްފައިވާ އުޒުރަކީ, ކަރަންޓު ބިލް ބޮޑުވެފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން ބުނެ އެ އުޒުރެވެ. އަދި ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވަނީ އަންނަ މަހުގެ ބިލްވެސް ބޮޑުވާނެކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.
އެހެންނަމަވެސް ފާއިތުވި ދެމަހެއްހާ ދުވަސްވެސް ވެގެން ދިޔައީ ގިނަ ދުވަސްތަކުގައި ވިއްސާރަ, އަދި މާލެއަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބޯކޮށް ވާރޭވެހިފައިވާ ދުވަސްތަކެއް ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށްކަމަށް ބުނެ, މިދިޔަ ރޯދަަ މަހުގެ ކަރަންޓް ބިލްތައް ކެޕްކުރުމަށް ބިލްތަކުން ޖުމުލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައި ވާނެކަމަށް ފެނަކާ އާއި ސްޓެލްކޯއިންވެސް ވަނީ ދާދިފަހުން ބުނެފައެވެ.
ރައީސް މުއިއްޒު ވިދާޅުވެގެންކަމަށް ބުނެ ސްޓެކްލޯއާއި ފެނަކައިން ކަރަންޓު ބިލުން ޑިސްކައުންޓް ދޭނެކަން އިއުލާނު ކުރީ ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ދިމާކޮށެވެ. އެހެންނަމަވެސް މިހާރު ފެނިގެން މިދަނީ މަޖިލިސް އިންތިޚާބު ނިމި ދިއުމާއެކު ކަރަންޓު ބިލް ބޮޑުކޮށް, ސަރުކާރުން ކުންފުނިތައް ބޭނުން ކޮށްގެން ރައްޔިތުންގެ މައްޗަށް އަނިޔާވެރިވާން ފެއްޓި މަންޒަރެވެ.
ރައީސް މުއިއްޒު ގެންދަވަނީ މަޖިލިސް އިންތިޚާބާއި ދިމާކޮށް ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކާ ރައްޔިތުން ގުނބޯ ހެއްދުމަށް އޭރު ގެނައި ގިނަ ބަދަލުތައް އަލުން އިއާދަކުރަމުންނެވެ. އެގޮތުން އަންހެނެއްގެ ބަނޑު ކޮށްޓި ކަމުގެ ތުހުމަތު ކުރެވޭ, ޔާމިންގެ ދައުރުގައި މެލޭޝިއާގެ ހައިކޮމިޝަނަރުކަން ކުރެއްވި ފަހުމީއަށް އޮޅިގެން ވަޒީފާ ދެވުނުކަމަށް ބުނެ, މަޖިލިސް އިންތިޚާބުގެ ކުރިން ވަޒީފާއިން ވަކި ކުރުމަށްފަހު, މަޖިލިސް އިންތިޚާބު ނިމުމާއެކު މިއަދު ވަނީ އަލުން ވަޒީފާ ދީފައެވެ.
ކަރަންޓު ބިލް ބޮޑުވުމުގެ މައްސަލާގައި ސްޓެލްކޯއިން ދޮގުހަދާ އޮޅުވާލާފައި ވާކަމަށް ސަރުކާރުން އެއްބަސް ވެއްޖެއް! ތަރުޖަމާން ވިދާޅުވަނީ ކަރަންޓު ބިލާއި ފެންބިލަށް ޑިސްކައުންޓު ދީފައިވަނީ މުއިއްޒު އެންގެވި ގޮތަށް ނޫންކަމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ