ގާޒީ ހުސައިން ފާއިޒް އަށް ނަސޭހަތް ދީ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިކުރަނީ

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ނިންމައިފި އެވެ. ގާޒީ ހުސައިން ފާއިޒްގެ މައްސަލައެއް ބަލަން ފެށީ ކޯޓުގެ ޝަރީއަތްކުރާ ރޫމްގެ ބޭރުން ކޯޓުގެ އެހެން މުވައްޒަފަކު ލައްވައި، މައްސަލަ ރައްދުވާ ފަރާތް ގޭބަންދުކުރުވައި، ކޯޓުރޫމުގެ ބޭރުގައި މައްސަލަ ރައްދުވާފަރާތް ބޭންދުމަށް ފަހު މައްސަލައިގައި ހުކުމް ހަވާލުކުރުމަކީ ކުރާ ކަމެއް ކަމަށް ބުނެފައިވާތީ އެވެ. ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާޒީ ހުސައިން ފާއިޒްގެ މިއަމަލަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ގާޒީ ހުސައިން ފާއިޒް ރަޝާދަށް ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައާޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގަން ޖޫން ދެވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 44 ވަނަ ޖަލްސާގައި ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ. ހުސައިން ފާއިޒް ރަޝާދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ބަދަލުކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެވެ. އޭގެ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގަ އެވެ. ސިވިލް ކޯޓަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ރައީސް ކަމުގެ މަގާމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ