ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅަައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ވަރަށް ފަހުންނެވެ. މައްސަލަ ޖެހުނު ރޭ ފުލުހުން ސީނަަށް ވެސް ދިޔަ ކަމަށް ވެ އެވެ.
އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަކި މީހަކާ ގުޅޭ މައުލޫމާތު ފުލުހުން ހިއްސާ ނުކުރާނެ ކަމަށެވެ.
އެކަމާ ގުޅިގެން އީސަ ވިދާޅުވީ، އޭނާގެ އެފަދަ މައްސަލައެއް ޕޮލިހަށް ހުށަހަޅާފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނެތުމުން ކޮމެންޓް ކުރައްވަން ބޭނުން ނުވާ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.
އެކަމަކު މެމްބަރުގެ އީސަގެ އަވައްޓެރިއަކު ކިޔައިދިން ގޮތުގައި އިސަގެ ދެމަފިރިން ދިރިއުޅުއްވާ އެޕާޓްމަންޓް ތެރޭގައި އަނިޔާކުރާ އަޑު ވަނީ އިވިފަ އެވެ. އަދި އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ދަރިފުޅު ވެސް އެތަނުގައި ހުރި ކަމަށާއި އަނބިކަނބަލުން ޑޮކްޓަރަށް ދައްކަން ވަޑައިގަތް ކަމަށް ވެސް އޭނާ ބުންޏެވެ.
އީސަ ކައިވެނިބައްލަވައިގެން އުޅުއްވަނީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ނަސީމް އާ އެވެ.
މެމްބަރު އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ޕޮލިހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ