ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޔާމީން ފެކްޝަނުން މެމްބަރު ހަލީލު ހަމަޖައްސައިފި

ޕީޕީއެމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސެކްރެޓަރީ ޖެނެރަލް ކަމަށް މިއަދު ބޭފުޅަކު ހަމަޖައްސަވައިފައި އޮއްވާ، ރައީސް އަބްދުﷲ ޔާމީނުގެ ފެކްޝަނުން ވެސް ސެކްރެޓަރީ ޖެނެރަލަކު އައްޔަން ކުރައްވައިފި އެވެ.
ޔާމީން ފެކްޝަނުގެ ބޭފުޅުން މިހާރު އަންނަނީ ދަރުބާރުގޭގައި ޕާޓީގެ ކައުންސިލް ބައްދަލުވުން ބާއްވަވަމުންނެވެ. މި ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ޕާޓީގެ މުސްތަޝާރުގެ މަގާމުގައި ހުންނެވި ރައީސް ޔާމީނެވެ.
Civil court ge hukumaa ehgothah 24 gadi iru therey Party Musthathashaaruge Riyasathuge dhashun PPM Council badhalu vumeh kuriah dhanee.16/10 pic.twitter.com/J9WNBYSQNt— Ahmed Nihan (@ahmed_nihan) October 16, 2016
އަހުމަދު ނިހާންގެ ޓްވީޓްޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަން ކުރެއްވީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލެވެ. މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ ނައިބު ކަމަށް އައްޔަަން ކުރައްވާފައި ވަނީ އިގްބާލް އާދަމެވެ. ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފުގެ ބޭބެ އިގްބާލް ޕީޕީއެމަށް ސޮއިކުރައްވާފައި ވަނީ މިރެ އެވެ.
ޚަލީލް (ވ-2) -- ފައިލް ފޮޓޯ؛ މިހާރު
ސެކްރެޓަރީ ޖެނެރަލް އަކީ ޕާޓީ ދުވަހުން ދުވަހަށް ހިންގުމުގައި އިދާރީ އެންމެ އިސް ބޭފުޅާ އެވެ.
މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަން ކުރައްވާފައި ވަނީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމުގައި ހުންނެވި އަބްދުލްއަލީމެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ރައީސް ޔާމީން މިރޭ ބަލަހައްޓަވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ބައްދަލުވުމުގައި ޕީޕީއެމް ތަމްސީލު ކުރައްވާނެ ދެ ބޭފުޅުން ވެސް ޔާމީން ފެކްޝަނުގެ ކައުންސިލް ބައްދަލުވުމުން ވަނީ ނިންމަވައިފަ އެވެ. އެއީ ޕީޖީ ލީޑަރު އަހުމަދު ނިހާނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ. މައުމޫން ފެކްޝަނުން ކުރިން ވަނީ ޕާޓީތަކުގެ ބައްދަލުވުމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު ހަމަޖައްސައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ