މިލަންދޫ ސްކޫލް ޓީޗަރަކު މަރުވެފައި އޮއްވާ ފެނިއްޖެ

ށ. މިލަންދޫ ސުކޫލްގައި މަސައްކަތް ކުރި އިންޑިއާ ލީޑިން ޓީޗަރަކު އެ ސުކޫލް ތެރޭގައި މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ މިއަދު ފެނިފައިވަނީ 12 އަހަރު ދުވަސްވަންދެން އެސްކޫލުގައި ހިސާބު މާއްދާ ކިޔަވައިދެމުން އައި38 އަހަރުގެ ފިރިހެން ޓީޗަރެއްކަމުގައިވާ ސާމީ ނާދަން އެވެ.
މިލަންދޫ ކައުންސިލް މެމްބަރު އަހުމަދު ޝިމާލް ވިދާޅުވީ ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 8 ޖެހިއިރު ސުޕަވައިޒަރު ރޫމުގެ ތެރޭގައި އޮއްވާ ކަމަށާއި އެ ޓީޗަރު މަރުވެފައި އޮއްވާ ފެނުނީ އެ ކޮޓަރި ތެރެއަށް ވަތް އެހެން ޓީޗަރަކަށް ކަމަށެވެ.
އޭނާމަރުވެފައި އޮއްވާ ފެނުނު އިރު ބޭރު ފުށުން އެއްވެސް ގެއްލުމެއް ލިބިފައިނުވާތީ، ބޮޑަށް ބެލެވެލީ އޭނާ މަރުވެފައި ވަނީގުދުރަތީ މަރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާދަންގެ ހަށިގަނޑު ފުލުހުންނާއި ޑޮކްޓަރުން ބެލުމަށްފަހު މިހާރު މާލެ ފޮނުވާލަން ހަނިމާދޫއަށް ގެންގޮސްފައި ވާކަމަށް ވެސް ޝިމާލް ވިދާޅުވިއެވެ. އަދި މާލޭން އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންދަން ހަމަޖެހިފައި ވާ ކަމަށްވެސް ޝިމާލް ވިދާޅުވިއެވެ.
"ޕޮލިހުންނާއި ސިއްހީ މަރުކަޒުގެ ދެ ޑޮކްޓަރުން ހަށިގަނޑު ބަލާފައި ޑޮކްޓަރުން ވިދާޅުވަނީ މަރުވި ސަބަބެއް ކަމަށް ބެލެވެނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް. މާލޭން އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންދަން ހަމަޖެހިފައި އޮތީ" މިލަންދޫ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
އެޓީޗަރުގެ ހަށިގަނޑު މާލެ ގެނައުމުގެމަސައްކަތް ކުރަމުންދާއިރު އޭނާގެ މަރާ ގުޅިގެން އެސްކޫލުގައިކިޔަވެމުން މިއަދުވަނީ ކެންސަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ