މިސްރުގައި މިހާރު ހިންގަމުންގެންދާ ހަމަނުޖެހުންތަކުގެ ފަހަތުގައިވަނީ ޑިމޮކްރަސީގެ ނަމުގައި ބޭރުބަޔަކު ފަހަތުގައި ތިބެގެން ހިންގަމުންގެންދާ ހަމަނުޖެހުންތަކެއްކަމަށާއި މަގާމުން ދުރުކޮށްފައިވާ މިސްރުގެ ރައީސް މުހައްމަދު މުރުޝީގެ ސަޕޯޓަރުގެ ޖަގަހަތަކުގައި އެންމެ ނުރައްކާތެރި ހަތިޔާރު ހުރިކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިސްރުގައި ކިޔަވަމުންދާ ދިވެހި ކުދިންނާއި ބައްދަލުކުރައްވާ ނަސަންދުރަ ޕެލަސް ހޮޓަލުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި މިސްރުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތައް މަސައްކަތް ކުރަމުން ގެންދަނީ މިސްރު ހަލާކު ކުރުމަށް ކަމުގައެވެ. އަދި މުރުޝީއަށް ތާއީދުކުރާ ފަރާތްތަކުން މުޒާހަރާއަށް ކެމްޕެއިން ޖަހާފައިވާ ތަންތަނުން އެންމެ ނުރައްކާތެރި ހަތިޔާރު ފެނިފައިވާކަމަށްވެސް ރައީސް މައުމޫނުވިދާޅުވިއެވެ.
އަދި މުރުޝީގެ ސަޕޯޓަރުންގެ އެކަންތައްތަކުގެ ފަހަތުގައި ފޮރުވިގެންތިބީ އަރަބި ބައެއް ގައުމުތަކުގައި ހަރަކާތްތެރިވަމުންދާ ހައްދު ފަހަނަ އަޅާފައިވާ ފަރާތްތަށް ކަމަށާއި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ނަތީޖާ ނިކުންނަ ގޮތަކުން ރާއްޖެ މިހާރު މިއޮތްގޮތަށް ދެމި ނޯތުމަކީވެސް އެކަށީގެންވާކަމެއްކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. ރައީސް މައުމޫނުވިދާޅުވީ އަންނަ އިންތިހާބަކީ ސިޔާސީ އިންތިހާބެއްކަމަށް ނުދެކި އެއީ ގައުމީ އިންތިހާބެއްކަމަށް ދެކެން ޖެހޭކަމުގައެވެ.
އަދި ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމްދީން ހިމާޔަތް ކުރެވޭނީ ޕީޕީއެމްއަށް ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
މިސްރުގައި ޑިމޮކްރަސީއަށް މަސައްކަތްކުރާ އެގައުމުގެ މުސްލިމް ޕާޓީއެއްކަމަށްބާ ބްރަދަހުޑްގެ ސަޕޯޓަރުންނަށް އަމާޒުކުރައްވާ ރައީސް މައުމޫނު ވާހަކަފުޅު ދެއްކެވިއިރު މުސްލިމް ބްރަދަހުޑްގެ ވެރިކަމުގެ ކުރިން މިސްރުގައި ވެރިކަން ކުރަމުން ގެންދިޔަ ހުސްނީ މުބާރިކަކީ ރައީސް މައުމޫންގެ ކްލާސްމޭޓެކެވެ.
މިސްރުގެ ހުދުމުހުތާރު ވެރިކަމަށްފަހު އެޤައުމުގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު ކާމިޔާބުކުރި ބްރަދަހުޑްގެ މުހައްމަދު މުރުޝީގެ ވެރިކަން މީގެ ދުވަސްކޮޅެއްކުރިން ވައްޓާލާފައިވަނީ އަސްކަރީ ބަޣާވާތަކުންނެވެ. މިސްރުގެ ބަޣާވާތައްފަހު އެޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތައްހާސް ބަޔަކު މަރުވެފައިވާއިރު ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި 600 އަށްވުރެ ގިނަ މުސްލިމުންވަނީ މިސްރުގައި މަރާލާފައެވެ. އަދި މިސްރުގެ ބަޣާވާތުގެ އަހުލުވެރިން މިހާރު މަސައްކަތް ފަށާފައިވަނީ ބްރަދަހުޑް ޕާޓީއަކީ ޤައިރު ގާނޫނީ ޖަމާއަތެއްކަމަށް ކަނޑައަޅާ އެޕާޓީ އުވާލުމަށެވެ.
މުރުޝީގެ ސަޕޯޓަރުންގެ ޖަގަހަތަކުގައި އެންމެ ނުރައްކާތެރި ހަތިޔާރުހުރި: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ