ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް އަމުރުކުރުމުން ކޮމިޝަންގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން އަންގާފައިވަނީ މިއަދު މެންދުރުފަހު 2:00 ޖަހާއިރު ކޮމިޝަންގެ މެންބަރުން ކޯޓަށް ހާޒިރުވުމަށެވެ. އަދި ކޯޓުގެ އެންގުމާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެމްބަރުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ހާޒިރުވެފަ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ އިލެކްޝަން ކޮމިޝަނަށް ފޮނުވާފައިވާ އަމުރުގައި ބުނެފައިވަނީ ވަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ނިއުސް ކޮންފަރެންސް ތަކުގައި ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ކޮމިޝަނުގެ މެންބަރުން ވާހަކަދައްކަވާފައިވާ ކަމަށެވެ.
އަދި ކުދި ޕާޓީތައް އުވިގެން ދިޔުމާ ގުޅިގެން އެ ކޯޓުން ކޮށްފައިވާ އަމުރަށް އަމަލުކޮށްފައި ނުވުމުގެ އިތުރަށް މިދިޔަ މަހުގެ ނުވަވަނަ ދުވަހު ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރަށް ޗެލެންޖުކޮށް ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ގަސްދުގައި އަމަލުތައް ބަހައްޓަމުން އަންނަ ކަމަށް ވެސް އެ އަމުރުގައި ބުނެފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ