ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ވެސް ހުށަހަޅައިފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން ފެލިދޫ ދާއިރާގެ އިންތިހާބު ބާތިލްކޮށްދިނުމަށް އެދި މައްސަަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ބަލައިގަތުމާއި މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ހައިކޯޓަށް މީގެ ކުރިން ވެސް ވަނީ ހަ ދާއިރާއެއްގެ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހަޅާފަ އެވެ. އެގޮތުން ހުށަހަޅާފައިވަނީ ހިތަދޫ މެދު ދާއިރާއާއި، ތިމަރަފުށި ދާއިރާއާއި، ނޮޅިވަރަމް ދާއިރާއާއި، ފުނަދޫ ދާއިރާއާއި ކުރެންދޫ ދާއިރާއާއި ނައިފަރު ދާއިރާގެ މައްސަލަ އެވެ.
ފެލިދޫ ދާއިރާގެ އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ތޯރިގު ޒުހައިރު އެވެ. ޒުހައިރުއަށް ލިބިވަޑައިގެންނެވީ 381 ވޯޓެވެ. އޭނާއާ ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު މަރުޒޫގު އިންތިހާބު ކާމިޔާބު ކުރެއްވީ 26 ވޯޓުގެ ތަފާތުންނެވެ. މަރުޒޫގަށް ލިބިވަޑައިގެންނެވީ 407 ވޯޓެވެ. އަމިއްލަގޮތުން ވާދަކުރެއްވި މޫސާ ރަމީޒަށް ލިބިވަޑައިގެންނެވީ 19 ވޯޓެވެ.
އިންތިހާ ބެހޭ ގާނޫނުގައި ބުނެފައިވަނީ އިންތިހާބާ ބެހޭ މައްސަލަތައް ދާއިމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށެވެ.
ފެލިދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ވެސް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ