ސިފައިންގެ އާއިލީ ހަވީރު ރައީސްގެ އަނބިކަނބަލުން ހުޅުވައިދެއްވައިފި

ސިފައިންގެ 123 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ސިފައިންގެ އާއިލީ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިއަދު ހުޅުވައިދެއްވައިފި އެވެ.
ރައީސްގެ ދެކަނބަލުންނާ ފިރިހެން ދަރިކަލުން މިއަދު ހަވީރު ކަޅުތުއްކަލާ ކޮއްޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އެވެ.
ސިފައިންގެ އާއިލީ ހަވީރަކީ ސިފައިންގެ އާއިލާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް އެކުގައި މަޖާ ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކޮންމެ އަހަަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.
އެހެން އަހަރުތަކޭވެސް އެއްފަދައިން މިއަހަރުގެ ހަވީރުގައިވެސް ކުޑަކުދިންނާއި އެކަށޭނަ ގިނަ ކުޅިވަރުތަކާއި ގިނަ ހަރަކާތްތަކެއް ކުޅެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފަ އެވެ.
މިނިވަން 50އާ ގުޅުވައިގެން މިއަހަރުގެ ސިފައިންގެ އާއިލީ ހަވީރު ދިވެހި ތާރީހާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ބައްޓަންކޮށްފައިވާތީ އާއިލީ ހަވީރުގައި ބައިވެރިވާ ކުޑަކުދިން ދިވެހިވަންތަ ހެދުމެއްގައި ބައިވެރިކޮށްދިނުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ