ރައްޔިތުންގެ މަޖިލީހުގެ ތިިމަރަފުށި ދާއިރާ މެމްބަރު މުހައްމަދު މުސްތަފާ ރާއްޖެގައި ނޫޅުއްވާ ކަމަށް ބުނެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން އިއްޔެ ވަގުތީ ގޮތުން ވަކިކޮށްފިއެވެ, ނަމަވެސް މެމްބަރު މުހައްމަދު މުސްތަފާ ހުންނެވީ މާލޭގައެވެ.
މުސްތަފާ "މިހާރު" ނޫހަށް ވިދާޅުވި ގޮތުގައި ގައުމީ ސަލާމަތުގެ ކޮމިޓީގެ ބައަދަލުވުމެއް އިއްޔެ ހަވީރު ބާއްވަން ވެގެން ޕީޕީއެމްގެ ޕީޖީ ގްރޫޮޕްގެ ލީޑަރު ރިޔާޒް ރަޝީދު އޭނާޢާ ގުޅުއްވައި މާލޭގައި އުޅޭތޯ އެއްސެވިއެވެ. މާލެގައި ހުއްޓަސް ބައްދަލުވުމަށް ނުދެވޭނެ ކަމަށް ބުނުމާއެކު, ރިޔާޒް ރަޝީދު ފޯނު ބޭއްވެވިއެވެ. އަދި މަޖިލީހުގެ އިދާރާއިން ކޮމިޓީ ބައްދަލުވުމުގެ މެސެޖް ފޮޮނުވިކަމަށް މެމްބަރު މުސްތަފާ "މިހާރު" ނޫހަށް ކިޔާއިދިނެވެ.
ނަމަވެސް މުސްތަފާ ކޮމިޓީއަށް ދިޔައިރު އޭނާ އެ ކޮމިޓީން ވަނީ ވަކިކޮށްފައި ކަމަށް އިދާރީ މޭޒުން އެނގިއެވެ.
ވިލުފުށި ދާއިރާ މެމްބަރު ރިޔާޒް ރަޝީދް ވިދާޅުވާ ގޮތުގައި މެމްބަރު މުސްތަފާ ކޮމިޓީން އެއްކޮށް ވަތްކެއް ނުކުރެއެވެ. އަދި ކޮނެމެހެންވެސް އެ ބައްދަލުވުން ބާއްވަން ޖެހުމުން މުސްތަފާ ވަކިކޮށްފައި އެހްން މެމްބަރެއް ހަމަޖެއްސީ ކަމަށް ބުންޏެވެ.
ރައްޔިތުންގެ މަޖިލިސް މެމްބަރު މުހައްމަދު މުސްތަފާ މުހިއްމު ކޮމިޓީއަކުން ވަގުތީ ގޮތުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ