އިންޓަ ސްކޫލް އެތުލެޓިކްސް މީޓްގައި 23 ސްކޫލަކުން ބައިވެރިވެއްޖެ

ޏ. ފުވައްމުލަކުގައި އަންނަ މަހުގެ 21ން 24އަށް ބޭއްވުމަށް ހަމަޖެހިފައިވާ މައިލޯ 20ވަނަ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި ރާއްޖޭގެ އެކި ހިސާބުން 23 ސްކޫލަކުން ބައިވެރިވެއްޖެ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ދެ ޖިންސުގެ އުމުރު ފުރާތަކުގެ މެދުގައި ކަމަށާއި އެގޮތުން މުބާރާތުގައި ބައިވެރިވި ޓީމް ތަކުގެ އަދަދަކީ 115 ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު މުބާރާތުގައި ވާދަކުރުމަށް ހުށަހަޅާފައިވާ ސްކޫލްތަކަކީ ހދ. ކުޅުދުއްފުށި، ޢަފީފުއްދީން ސްކޫލް، ހދ. ވައިކަރަދޫ، ހދ. އަތޮޅު މަދަރުސާ، މާލޭސިޓީ، މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ މާލޭސިޓީ، ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލް' މާލޭސިޓީ، މަޖީދިއްޔާ ސްކޫލް، މާލޭސިޓީ، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް، މާލޭސިޓީ، އަމީނިއްޔާ ސްކޫލް، މާލޭސިޓީ، ތާޖުއްދީން ސްކޫލް، ގއ. ގެމަނަފުށި، ގެމަނަފުށި ސްކޫލް، ގއ. ދާންދޫ، ދާންދޫ ސްކޫލް، ގދ. ތިނަދޫ، ތިނަދޫ ސްކޫލް، ގދ. ތިނަދޫ، އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ގދ. މަޑަވެލި، މަޑަވެލި ސްކޫލް، ގދ. ގައްދޫ، ގދ. އަތޮޅު މަދަރުސާ، ގދ. ފަރެސް މާތޮޑާ، ހުވަދޫ ސްކޫލް، އައްޑޫ ސިޓީ، އައްޑޫ ހައި ސްކޫލް، އައްޑޫ ސިޓީ، ހިތަދޫ ސްކޫލް، އައްޑޫ ސިޓީ، ފޭދޫ ސްކޫލް، ޏ. ފުވައްމުލައް، ހާފިޒް އަޙްމަދު ސްކޫލް، ޏ. ފުވައްމުލައް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ޏ. ފުވައްމުލައް، ފުވައްމުލަކު ސްކޫލް އަދި ޏ. ފުވައްމުލައް، މަދަރަސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީނެވެ.
ހަތަރު ދުވަހަށް ކުރިޔަށްދާ މައިލޯ އެޓޯލް އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި އަށް ޢުމުރުފުރާއެއްގައި ޖުމްލަ 80 އިވެންޓް ކުރިޔަށް ދާގޮތަށް ވަނީ ރޭވިފައި ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ