ގާޒީ ހަލީމްގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިިފި

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމްގެ މައްސަލައެއް ޖުޑީޝަލް ސާވީސް ކޮމިޝަަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
ހަލީމުގެ މައްސަލަ އިއްޔެގެ ވަގުތެއްގައި ޖޭއެސްސީއަށް ހުށަހެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަލްއުސްތާޒް ނާޒިމް ސައްތާރު އެވެ.
ނާޒިމް މިމައްސަލަ ޖޭއެސްސީ އަށް ހުށަހެޅުއްވީ އޭނާ ވަކާލާތު ކުރައްވާ މައްސަލައެއްގެ އަޑުއެހުމުގައި އޭނާއަށް މައްސަލާގައި ޖަވާބުދާރީވާން ފުރުސަތު ނުދިނުމުން ކަމަށް އެނގިފައިވެ އެވެ.
ހަލީމް ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
ހަލީމް އަކީ ކުރިން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ވާހަަކަފުޅު ވެސް ދައްކަވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މިދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެޕާޓީގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުގައި ވަކާލާތު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ