ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި، ސ.ހިތަދޫ ޝުމައިސް ނައިވީން ޢަބްދުﷲ، އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ޢައްޔަން ކުރައްވައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ނައިވީން ޢަބްދުﷲ ޢައްޔަން ކުރެއްވުމުގެ ކުރިން، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ރައިސްގެ ކުރިފުޅުމަތީގައި އެކަމަނާ ކުރެއްވިއެވެ.
އެކަމަނާއަށް ހުވާލައިދެއްވީ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ޔާމިން ވަނީ ނައިވީން ޢަބްދުﷲ އާ ޙަވާލުކުރެއްވިއެވެ.
ނައިވީންގެ އިތުރުން ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ރ. ކަނދޮޅުދޫ ހުސްނުހީނާގޭ މޫސާ އަލީ ކަލޭފާނާއި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދާއި ހ. ހަބަރުގޭ އާމިނަތު އީނާސް އާއި މ. ކޮރަލްގާޑްންސް ޢާއިޝަތު އަފްރީން މުޙައްމަދެވެ.
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ނައިވީން އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ