މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހޯމް މިނިސްޓްރީން ވަނީ އިތުރުކޮށްފައެވެ.
ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިބަނީ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
އެ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން އޮތީ އިއްޔެގެ ނިޔަލަށެވެ
މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކު ކަމަށް ވުމާއި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށެއް ނުވަތަ ޚިޔާނާތް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ކުޑަކުއްޖަކާ ބެހުމުގެ ކުށެއް ސާބިތުވެފައި ނުވުމާއި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެއްވެސް ޖިނާއީ ކުށެއް ސާބިތުވެފައި ނުވުމެވެ. އަދި މިދިޔަ އެއް އަހަރު ތެރޭގައި ލިޔުނު އެއްޗަކާ ގުޅިގެން ކުށެއް ސާބިތުވެފައި ނެތުމަކީ ވެސް މީޑިއާ ކައުންސިލް މެމްބަރަކަށް ވުމުގެ ޝަރުތެކެވެ.
މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ