ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަބަދުވެސް އަމަލުކުރައްވާނީ ގާނޫނު އަސާސީގެ މަތީން ކަމަށާއި އަދި ގާނޫނާ ޙިލާފަށް ކަމެއް ނުކުރަށްވާނެ ކަމަށް ބުނެ ރޭ ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ލިޔެފައިވެއެވެ.
މީގެ އިތުރުން ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
ޕީޕީއެމް އިން މި ބާޔާން ނެރެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާ އެކު އެއް ފިކުރެއް ގެންގުޅުއްވާނަމަ ނަމަ މައުމޫނަށް ފުރަގަސް ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އިއްތިހާދާ އެކު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނަވާނެ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. މި ހިޔާލު ތަފާތުވުންތައް އުފެދިފައިވަނީ މަޖިލީސް މެދުވެރިކޮށް ސަރުކާރުން ފާސްކުރަމުންދާ ބައެއް ގާނޫނުތަކާ މެދު ރައީސް މައުމޫން ހިތްހަމަޖެހިވަޑައި ނުގަންނަވާތީއެވެ.
ރައީސް މައުމޫން އަބަދުވެސް އަމަލުކުރައްވާނީ ގާނޫން އަސާސީ އާއި އެއްގޮތްވާ ގޮތުގެ މަތީން: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ