ހުޅުމާލޭ ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވަން ޝުޖާއު ނިންމަވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވަން ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ނިންމަވައި، ޕީޕީއެމްގެ ޓިކެޓް ހޯއްދަވަން އެޕާޓީއަށް ފޯމް ހުށަހަޅުއްވައިފިއެވެ.
ޝުޖާޢު އޭނާގެ ފޯމް ރޭ ހަވާލުކުރެވޭ ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި އެވެ.
ޕީޕީއެމްއަށް ފޯމް ހުށަހެޅުއްވުމަށްފަހު ޝުޖާޢު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭގެ ލޮބުވެތި ރައްޔިތުންނާއި އެންމެހައި އެކުވެރި ޒުވާނުންގެ ތާއިދާއި ވޯޓް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. "މިފެށި މަސައްކަތް ކާމިޔާބު ވެއްޖެނަމަ ތިޔަ ލޮބުވެތި ރައްޔިތުން އެދޭފަދަ އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާޢު އަކީ ރައްޔިތުންގެ މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލް ކުރެއްވި އިރުވެސް ވަރަށް ރަނގަޅު ނަތީޖާތަކެއް ވެސް ނެރެދެވި ބޭފުޅެކެވެ. އަދި މިހާރު މިސަރުކާރު ހަމަމަގަށް އަޅުވައި ޖަވާބު ދާރީ ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތުގައި ވެސް އޭނާ ވަރަށް އިސްކޮށް ބައިވެރިވެއެވެ.
ކައުންސިލް އިންތިޚާބަށް ޕީޕީއެމް އިން ވެސް އަންނަނީ ތައްޔާރު ވަމުންނެވެ. ޕީޕީއެމްގެ ޓިކެޓް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެކަމަށް އެދި ފޯމް ހުށަހަޅަން ޕީޕީއެމް އިން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ