ސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ބިލިއަނެއްހާ ރުފިޔާ ދީފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފަރާތުން އެކި ކުންފުނިތަކަށާއި މީހުންނަށް ދޭންޖެހޭ ފައިސާގެ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ މިހާތަނަށް ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް ވިދާޅުވެއްޖެ އެވެ.އަމީރު މިހެން ވިދާޅުވެފައި މިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.ނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ސަރުކާރުން ކުންފުނިތަކަށް އެވަރުގެ ބަދަލެއް ދޭން ޖެހުނީ ކުރީގެ ސަރުކާރުގެ ފަރާތުން ކޮންޓްރެކްޓްތައް ހިންގާފައިވާލެއް ދޯދިޔާ ކަމުން ކަމަށެވެ. ކުރީ ސަރުކާރުގެ ދޯދިޔާކަމުގެ ސަބަބުން ކުންފުނިތަކަށް ފައިސާ ދޭން ޖެހުނު ކަމަށް ވިދާޅުވެ އަމީރު ފާހަގަކުރެއްވީ 2010 ވަނަ އަހަރު ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ހެދުމަށް ހަވާލުކުރި ކުންފުންޏަށް ދޭން ޖެހުނު 280 މިލިއަން ރުފިޔާއާއި، ޑަބްލިއުއެލްޓީ ކުންފުންޏަށް ދައްކަން ޖެހުނު 130 މިލިއަން ރުފިޔާއެވެ.އަމީރު މިހެން ވިދާޅުވި ނަމަވެސް ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ދިން ފަރާތްތަކުގެ ތެރޭގައި މި ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުން ވެސް ހިމެނެއެވެ.މީގެ އިތުރުން ވެސް އަމީރު ވަނީ ސުޕްރީމް ކޯޓުން ދާދި ފަހުން ކުރި ހުކުމަކާ ގުޅިގެންވެސް ސަރުކާރުން 7.1 މިލިއަން ރުފިޔާ ދައްކާފައިވާކަން ފާހަގަކުރައްވާފައެވެ. އެ ފައިސާ އަކީ ތިނަދޫ ހޮސްޕިޓަލުގެ އިހުމާލުން ކުއްޖެއްގެ އިވުން ގެއްލިގެން ބަދަލުގެ ގޮތުގައި ދޭން ޖެހުނު ފައިސާއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ