މާފަންނު މެދުދާއިރާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ޕީޕީއެމްގެ ފަރާތުން އެ ދާއިރާގެ މާލޭ ކައުންސިލު ގޮނޑިއަށް ވާދަކުރައްވާ ކެނޑިޑޭޓު އަޙްމަދު ނަރީޝު ވިދާޅުވެއްޖެއެވެ.ނަރީޝް ފޭސްބުކުގައި މިއަލު ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާ އެދާއިރާއަކަށް ކުރިމަތިލައްވާ މާފަންނު މެދު ދާއިރާގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލަ ކަމުގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިމައްސަލައަށް މިހާތަނަށް އެއްވެސް ހައްލެއް ހޯދިފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.ހަމައެހެންމެ ރައީސް ޔާމީނުގެ ވެރިކަމުގައި ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ބިނާކުރެވުނު 7،000 އަށްވުރެ ގިނަ ހައުސިން ޔުނިޓުގެ ތެރެއިން ފުލެޓު ލިބުނު އެދާއިރާގެ ރައްޔިތުންނަށް އެފުލެޓުތައް ނުލިބޭ ގޮތްވުމަކީވެސް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައި ނަރީޝް ފާހަގަކުރެއްވިއެވެ. ނަރީޝް އިތުރަށް ވިދާޅުވެފައިވަނީ މިދާއިރާގެ ރައްޔިތުންގެ މެދުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައެވެ. އަދި އެމަސައްކަތް ކާމިޔާބުވަންދެން އެމަސައްކަތް ކުރެއްވުން މަތީ މާތްﷲ އިރާދަކުރެއްވިއްޔާ ދެމިހުންނަވާނެ ކަމުގައިވެސް ނަރީޝު ވިދާޅުވިއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން މާފަންނު މެދު ދާއިރާގެ ސިޓީ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ ނަރީޝް ވިދާޅުވެފައިވަނީ އެދާއިރާ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމުގައެވެ.
މިލިޔުން ކިޔާލުމުން
88 %
އުފާވި
13 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މާފަންނު މެދު ދާއިރާގެ ގެދޮރުގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރާނަން: ނަރީޝް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ