މޫސުން ގޯސްވެ އުތުރުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފި

މޫސުން ގޯސްވެ. އުތުރުގެ ރަށްތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓު ނެރެފިއެވެ.
Advertisement
މޫސުން ގޯސްވެ އުތުރުގެ ރަށްތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓު ނެރެފިއެވެ.
މެޓް އޮފީހުން ހއ. އަތޮޅުން ބ. އަތޮޅަށް މިއަދު 13:30 އިން 17:30 އަށް ވައިޓް އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބު ތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައިކަމަށް މެޓް އޮފީހުން ބުނެއެވެ.
އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ