ކަރަންޓު ހަރަދު ކުޑަ ކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ކެމްޕެއިނެއް ސްޓެލްކޯއިން ފަށައިފިއެވެ.
"އެނާޖީ ސޭވިން"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސްޓެލްކޯއިން ފަށާފައިވާ މި ކެމްޕެއިންގައި ހޫނު ގަދަ ދުވަސްވަރާ ދިމާކޮށް ކަރަންޓް ހަރަދު ކުޑަކުރެވިދާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތުދީފަ އެވެ.
އެގޮތުން މި ކެމްޕެއިންގެ ތެރެއިން ކަރަންޓު ހަރަދުކުޑަ ކުރުމާއި، ކަރަންޓު ހަރަދު ބޮޑުވާ ސަބަބާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ކެމްޕޭނުން އާންމުންނަށް ލިބޭ މައުލޫމާތުގެ ސަބަބުން ކަރަންޓު ބޭނުންކުރެވޭ މިންވަރު މަދުކުރެވިއްޖެނަމަ ބޭކާރު ގޮތުގައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރެވޭނެ ކަމަށެވެ. އަދި ބޭނުންކުރަންޖެހޭ މިންވަރަށްވުރެ ގިނައިން ކަރަންޓު ބޭނުންކުރާ ކުރުމަށްވެސް ހުއްޓުމެއް އަންނާނެ ކަމަށެވެ.
މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ރައްޔިތުންގެ އަތުން އިތުރަށް ޗާޖު ކުރާނެ ކުންފުންޏެއް ނޫން ކަމަށާއި، ޗާޖް ކުރާނީ އެމީހަކު ކަރަންޓު ބޭނުންކުރާ މިންވަރަކުން ކަމަށެވެ. އަދި މި ކެމްޕެއިންގެ މުހިއްމު ކަމަކީ ކަރަންޓު ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ކަރަންޓު ބޭނުންކުރުން ހުއްޓުވުން ކަމަށެވެ.
މި ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކާއި، މީޑިއާ އަދި ޒުވާނުންނަށް ވަކިން ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކޮންމެ އަހަަރެއްގެވެސް ހޫނު ގަދަވާ ދުވަސްވަރާއި ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާކަން ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކުރިއަށް އޮތީ ހޫނު ދުވަސްވަރު ކަމަށްވެފައި ސްޓެލްކޯއިން މި ފެށި ކެމްޕެއިންގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރެވިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ސްޓެލްކޯއިން ކަރަންޓު ހަރަދު ކުޑަކުރުމުގެ ކެމްޕެއިނެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ