މަޖިލީހުގެ 87 ގޮނޑިއަށް ވާދަކުރާނަން: ގާސިމް

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން ޖެހިއްޖެއްޔާ ޖުމްހޫރީ ޕާޓީއަށް ވާދަކުރެވޭނެ ކަމަށާއި އަދި އެކަން ކުރަން ވެސް ކުރާނެކަމަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖެޕީގެ ޓިކެޓްގައި މަޖިލީހުގެ އިސްދޫ ދާއިރާއަށް ވާދަކުރައްވާ އަލީ ހަމީދުގެ ކެމްޕެއިން އިފްތިތާހުކުރުމަށް ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރު ކޯލިޝަންގެ ތެރޭގައި މަޖިލިސްގެ ގޮނޑިތައް ބެހުމުގައި ހިޔާލު ތަފާތުވެ، އެމްޑީޕީންވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފައެވެ. އެކަމާއި ގުޅިގެން ކޯލިޝަންގެ ތެރޭގައިވަނީ ހިޔާލުތަފާތުވުންތަށްވެސް ފެންމަތިވެފައެވެ.
މިރެގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ޖެހިއްޖެނަމަ ޖުމްހޫރީ ޕާޓީއަށްވެސް އެކަން ކުރެވޭނެ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ