ރައީސް ނަޝީދާއި ދެކޮޅަށް އަލްހާން ފަހްމީ ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރެއްވި ސަބަބު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރީޓްވީޓް ކުރެއްވި ސަބަބު އޭނާ ހާމަކުރައްވައިފިއެވެ.
ގާސިމް ވިދާޅުވެފައިވަނީ އަލްހާން ފަހުމީގެ ޓްވީޓް ރީޓްވީޓްކުރީ އޭނާ ވިދާޅުވީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކައަކަށް ވާތީ ކަމަށެވެ.
“ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްގެ މާނައިގާވަނީ، ބަސް ބުނި މީހާޔަށް ނުބަލާށޭ، ބުނި ބަހަށް ބަލާށޭ” ގާސިމްގެ ޓްވީޓްގައި ވެއެވެ.
އަލްހާންގެ ޓްވީޓް ގާސިމް ރީޓްވީޓް ކުރުމުން ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީ ސަޕޯޓަރުން ވަނީ އެކަމާ ރުޅިގަދަވެ އަޑުއުފުލާފައެވެ.
އަލްހާންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށާއި ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއްކަމަށެވެ. އަދި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމުގައިވެސް އަލްހާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަލްހާން ފަހުމީގެ ޓްވީޓް ރީޓްވީޓްކުރި ސަބަބު ގާސިމް ހާމަކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ