ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާއި އެކު ކޯލިޝަން ނަހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ގާސިމް އިބްރާހިމް، ރައީސް ޔާމީންއާއި އެކު ކޯލިޝަން ނަހައްދަވާނެކަމަށާއި ޖޭޕީ މި ކޯލިޝަނުން ވަކިވެގެން ނުދާނެކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވިކަމުގައިވިޔަސް، މަޖިލީސް އިންތިޚާބުގައި އެކުގައި ވާދަކުރުމާއި މެދު ކޯލިޝަންގެ ތެރޭގައި ވަނީ ގާސިމް އިބްރާހިމްއާއި ރައީސް ނަޝީދާއި މެދު މައްސަލަ ޖެހިފައެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯލިޝަން ދެމެހެއްޓޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި ކޯލިޝަން ރޫޅިގެން ދާނެފަދަ އޮތްކަމެއް ގަބޫލުފުޅު ނުކުރެއްވޭކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކުން ވަކިވަކިން ވާދަ ކުރުމަކީ ކޯލިޝަން ރޫޅޭނެ ކަމެއް ނޫން ކަމަށްވެސް ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.
ގާސިމް ރައީސް ޔާމީންއާއި އެކު ކޯލިޝަން ނަހަދާނެ: ރައީސް ސޯލިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ