ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެ

ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި އިންތިހާބީ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.
ރައީސް ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުގެ ވަކީލުން ވަކާލާތު ކުރައްވަން ފެއްޓެވުމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި މައްސަލަ އަކީ ވެސް ސުޕްރީމް ކޯޓުގެ އިހުތިސާސްގެ ތެރޭގައި ބެލެނޭ މައްސަލައެއް ކަމަށާއި އަދި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތީ ބަލަންޖެހޭ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވަނީ މިއަދުގެ އަޑުއެހުމުގައި އެގޮތަށް ވާހަކަދެކުން ހުއްޓުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ